މި އަހަރުގެ އެންމެ ބޮޑު ނައިޓް މާކެޓް މިރޭ މާލޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މިރެއިން ފެށިގެން 10 ދުވަހަށް މުއްދަތަކަށް ކުރިއަށްދާ ނައިޓް މާކެޓް ހުޅުވުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައި އެވެ.
ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރަސްފަންނު ސަރަހައްދުގައިއެވެ. މާކެޓް ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން މެންދަމު 12:00 އަށެވެ.
މާލެ ސިޓީ ކައުންސިލާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން މިރޭ ހުޅުވާ ނައިޓް މާކެޓް އިންތިޒާމް ކުރަނީ ޕްރިޒަމް ހޯލްޑިންސް އެލްއެލްޕީ އެވެ.
މި ނައިޓް މާކެޓަށް 200 އަށް ވުރެ ގިނަ މޭޒު ވަނީ ވިއްކާފަ އެެވެ. އަދި މޭޒު ބެހެއްޓުމަށް އަށް ފޫޓު އަށް ފޫޓު ގޮޅިތަކެއް ދޫކޮށްފައިވެ އެވެ.
މިރޭ ފެށުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓް ކުރިއަށް ދާނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް