ބޮލީވުޑްގެ ބަތަލް ސަލްމާން ހާން އުފަން ދުވަހަށް ތައްޔާރު ވަމުން އަންނަނިކޮށް ހަރުފައެއް ދަތް އަޅައިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހިއްޖެ އެވެ.
ސަލްމާންގެ 55 ވަނަ އުފަން ދުވަހަކީ މާދަމާ އެވެ. އުފަންދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ މުމްބާއީގައި ހުންނަ ސަލްމާންގެ ޕަންވެލް ފާމް ހައުސްގައި އެވެ.
އުފަންދުވަހުގެ ތައްޔާރީތަކަށް އޭނާ މިހާރު ހުރީ ފާމް ހައުސްގައި އެވެ. ސަލްމާންގެ ގާތް މީހަކު ބުނީ ހަރުފަ ދަތް އެޅީ ރޭގެ ވަގުތެއްގައި ފާމް ހައުސް ގޯތިތެރޭގައި އުފަންދުވަހަށް ގެ ތައްޔާރު ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ހަރުފަ ދަތް އެޅުމުން އޭނާ ވަގުތު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ ހަ ގަޑިއިރު ފަހުން ކަމަށް އެމީހާ ބުނެފައިވެ އެވެ. ހަރުފަ ދަތް އެޅީ އޭނާގެ ކަނާއަތުގައި އެވެ.
ސަލްމާންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ މަހު ރިލީޒް ކުރި ފިލްމު "އަންތިމް" އިންނެވެ. ސަލްމާން ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރު ރިލީޒް ކުރާ ފިލްމު "ޓައިގ ާ3" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް