އެސޯސިއޭޝަން އޮފް ޗާރޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް އެމްޓީސީސީއަށް ލިބިއްޖެ އެވެ.
އޭސީސީއޭ އިން "އެޕްރޫވްޑް އެމްޕްލޯޔަރ" ސްޓޭޓަސް އެވޯޑް އެމްޓީސީސީއަށް ލިބިފައި ވަނީ 23 އޮކްޓޯބަރު 2021 ވަނަ ދުވަހުު އެވެ.
އެގޮތުން މި ސްޓޭޓަސް އެވޯރޑުކޮށްފައިވަނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވެލް ގައި ކަމުގައި އެމްޓީސީސީން ހާމަކޮށްފައި ވެއެވެ.
އޭސީސީއޭ ދަރިވަރުންނާއި، އެފިލިއޭޓުންނާއި އަދި މެމްބަރުން ވަޒީފާތަކަށް ހޯދާ، ތަމްރީންކޮށް، ބޭތިއްބުމުގައި އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްކީމް މުހިއްމު ދައުރެއް އަދާކޮށްދޭ ކަމުގައި އެ ކުންފުނިން ހާމަ ކުރެއެވެ.
މީގެ އިތުރުން، އެމްޓީސީސީއަށް އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް ލިބުމަކީ އެމްޓީސީސީގައި ވަޒީފާއަދާކުރާ އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނަށް އެ ކުންފުނިން ފޯރުކޮށްދޭ ތަމްރީނާއި ކުރިއަށް ދިއުމަށް ހުރި ފުރުޞަތުތަކަކީ މަތީ ފެންވަރުގެ ތަމްރީންތަކެއްކަން ޔަޤީންކޮށްދޭ ކަމެއް ކަމުގައި އެމްޓީސީސި އިން ބުނެއެވެ.
އަދި އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް އެމްޓީސީސީއަށް ލިބިފައިވުމާއެކު، އެމްޓީސީސީގައި ވަޒީފާއަދާކުރާ އޭސީސީއޭ މެމްބަރުންނަށް އޭސީސީއޭގެ ޕްރޮފެޝަނަލް ޑިވެލޮޕަމަންޓް (ސީޕީޑީ) ގެެ ޝަރުތުތައް ފުރިހަމަވެގެންދާނެ ކަމުގައި އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް