ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަ ވެއްޖެ އެވެ.
އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ރަޝީދަށް ފަރުވާ ދެމުން ގެންދިޔައީ ކޮންކަހަލަ އާލާސްކަންފުޅަކަށް ކަމެއް އަދި ނޭނގެ އެވެ.
ރަޝީދު އެ މަގާމަށް އައްޔަން ކުރީ މި ސަރުކާރުގައި 2019 ވަނަ އަހަރުގެ ފެބުރުއަރީ، 12 ގަ އެވެ
ރަޝީދު ސްޓެލްކޯގެ ހިދުމަތާއި އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕްގައި އެވެ.
އޭގެ ފަހުން އިންޖީނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރު މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، ކުންފުނީގެ ސީއީއޯގެ މަގާމު އަދާ ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް