އޭސީސީ މެމްބަރުން މަޖިލީހަށް ޖަވާބުދާރީ ވެއްޖެ

ވަކި ކުރަން ނިންމާފައިވާ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެއްޖެ އެވެ. މަޖިލީހުން މެމްބަރުން ވަކި ކުރަން ނިންމި އިރު އެ ކޮމިޝަންގައި ތިއްބެވީ ފަސް މ...

26 Dec 2021 | 09:23

ވަކި ކުރަން ނިންމާފައިވާ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެއްޖެ އެވެ.

މަޖިލީހުން މެމްބަރުން ވަކި ކުރަން ނިންމި އިރު އެ ކޮމިޝަންގައި ތިއްބެވީ ފަސް މެމްބަރުންނެވެ. އޭގެ ތެރެއިން މެމްބަރު އިބްރާހިމް ޝަކީލާއި އަލީ އަޝްރަފް ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފަ އެވެ.

އޭސީސީގެ މެމްބަރުން ލިޔުމުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ޖަވާބުދާރީ ވިކަން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ވަނީ މީޑިއާގައި ޔަގީން ކޮށްދެއްވާފަ އެވެ. އޭސީސީން ޖަވާބު ފޮނުވުމުން މިއަދު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރަނީ އޮޑިޓާ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ޕާފާމަންސް އޮޑިޓެއް ހެދުމަށް ފަހު އެކަށީގެންވާ މަސައްކަތްތަކެއް މެމްބަރުން ނުކުރައްވާ ކަމަށް ނިންމުމަށް ފަހު އެވެ.

ރިޕޯޓުގައި ބުނީ، ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ކޮމިޝަންގައި 7،113 ޝަކުވާ ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 5،476 މައްސަލަ އެ ތާރީހުގައި ތަހުގީގުކޮށް ނިންމާފައިވާ އިރު ދައުވާ ކުރެވޭ ވަރަށް ތަހުގީގު ފުރިހަމަކޮށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އެންމެ ޕަސެންޓެއް ކަމަށް ރިޕޯޓުގައި ވެ އެވެ.

އޭސީސީއަށް މައްސަލަތައް ނުނިމުމުގައި ދިމާވާ ގޮންޖެހުންތައް އެ ކޮމިޝަނުގެ މެމްބަރުން ވަނީ ކޮމިޓީގައި އެކި ފަހަރުމަތިން ކިޔައިދީފަ އެވެ. އެގޮތުން ބަޖެޓުގެ ތާށިކަމާއި އިންވެސްޓިގޭޓަރުން މަދުވުމާއި ކޯވިޑާއި ގުޅިގެން މިދިޔަ އަހަރުގެ ބޮޑުބައިގަ މީހުން ހާޒިރު ނުކުރެވުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް