އެއްބައިވަންތަކަމުގެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި މެސެޖުގައި ނަފްރަތު އުފެދޭ ކަންކަމާއި ދުރުވުމަށް ގޮވާލައްވައިފި އެވެ.
މިއަދު ފާހަގަ ކުރަމުން މިދާ އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅިގެން ރައީސް ނަޝީދު ކުރެެއްވި ޓްވީޓްގައި ވިދާޅުވީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރަމުން ދަނީ 2004 ގެ ސުނާމީގެ ބިރުވެރި ހާދިސާ އަށް ފަހު ކަމުގައެެވެ.
އަދި ރާއްޖޭގައި މިދުވަސް ފާހަގަ ކުރަން ފެށީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި ކަމަށެވެ.
އެގޮތުން ރައީސް ނަޝީދު ދެއްވި މެސެޖުގައި ވިދާޅުވީ އެމްޑީޕީ އާއި އެމްޑީޕީގެ ވާދަވެރިން ވެސް ބައިބައި ވުމާއި، ނަފްރަތު އުފެދޭ ކަންކަމާއި ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމި ތިބުމަށް ގޮވާލައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް