ފަތުރުވެރިކަމުގެ ރަން ޔޫބިލާއި ގުޅިގެން ޚާއްސަ ސުވެނިއާ ތަކެއް ހަދިޔާކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބިލާއި ގުޅުވައިގެން ބެނެލަކްސް ޤައުމުތަކުގައި ނެރުނު ޚާއްސަ ސްޓޭމްޕް ސެޓްތަކުގެ ސްވެނިއާރ، ޓޫރިޒަމް މިނިސްޓްރީ އަށް ހަދިޔާ ކޮށްފިއެވެ. ބެނަލަކްސް ޤައުމު ...

26 Dec 2021 | 06:56

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބިލާއި ގުޅުވައިގެން ބެނެލަކްސް ޤައުމުތަކުގައި ނެރުނު ޚާއްސަ ސްޓޭމްޕް ސެޓްތަކުގެ ސްވެނިއާރ، ޓޫރިޒަމް މިނިސްޓްރީ އަށް ހަދިޔާ ކޮށްފިއެވެ.

ބެނަލަކްސް ޤައުމު ތަކުގެ ތެރޭގައި ހިމެނެނީ ހުޅަނގު ޔޫރަޕްގެ ތިން ޤައުމު ކަމުގައިވާ ބެލްޖިއަމް އާއި ނެދަލެންޑްސް އާއި ލަކްސަމްބާގެވެ.

މިނިސްޓްރީ އަށް ހަދިޔާ ކޮށްފައިވަނީ ފަތުރުވެރި ކަމުގެ ރަން އަހަރުގެ ލޯގޯ ޖެހި ބެލްޖިއަމްގެ ސްޓޭމްޕް ސެޓާއި ނެދަލޭންޑްގެ ސްޓޭމްޕް ސެޓާ އަދި ލަކްސަމްބާގުގެ ސްޓޭމްޕް ސެޓްގެ ސްވެނިއާ ތިން ޕްލާކެވެ.

ބެނެލަކްސް ޤައުމުތަކުގެ ފަރާތުން މި ސްޓޭމްޕްތައް މިނިސްޓްރީ އަށް ހަދިޔާ ކޮށްދެއްވީ ބެނެލަކްސް މޯލްޑިވްސް ފްރެންޑްޝިޕް ސޮސައިޓީގެ ރައީސް އަދި ބެލްޖިއަމް ފްލެންޑާސްގެ ރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެރާޑު ހުއިޓިން އެވެ. ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ސްޓޭމްޕް ތަކާއި ހަވާލުވެލެއްވީ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އެވެ.

ބެނެލަކްސް ގައުމުތަކުގެ ތެރޭގައި އާއި އިންޓަނޭޝަނަލް ޕޯސްޓުގެ ހިދުމަތަށް މިހާރު ބޭނުންކުރެވުމުންދާ މި ހާއްސަ ސްޓޭމްތަކަކީ މޯލްޑިވްސް ބެނެލަކްސް ފްރެންޑްޝިޕް ސޮސައިޓީގެ ފަރާތުން އެ ގައުމުތަކުގެ ޕޯސްޓް އޮފީހާއި ބްރެސެލްސްގައި ހުންނަ ދިވެހިރާއްޖޭގެ ޔޫރަޕިއަން ޔޫނިއަންގެ އެމްބަސީއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ނެރުނު ސްޓޭމްޕް ސެޓް ތަކެކެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ވެސް މުނާސަބަތާ ގުޅޭ ހާއްސަ ސްޓޭމްޕް ސެޓަކާއި ސްވެނިއަ ސެޓެއް ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ނެރުމަށް ހަމަޖެހިފައިވެ އެވެ. އެ ސްޓޭމްޕް ސެޓް ނެރެދެއްވުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕައިނިއަރުންގެ ތެރޭގައި ހިމެނޭ އިޓަލީގެ ޖޯޖު ކޯބިން އަށް ޓޫރިޒަމް މިނިސްްޓްރީން ދައުވަތު ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް