މޯލްޑިވިސް ޕޯޓްސް ލިމިޓެޑުގެ ޕޯޓް ސޭފްޓީވީކް 2021 ގެ ފުރަތަމަ ވޯރކްޝޮޕް ފަށައިފި އެވެ.
މިއީ މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕޯޓް ސޭފްޓީވީކްގެ ފުރަތަމަ ވޯރކްޝޮޕެވެ.
ޕޯޓު ސޭފްޓީވީކްގެ ތެރެއިން ފުރަތަމަ ކުރިޔަށް ގެންދާ "ސޭފްޓީ ކަލްޗަރ އަވެއަރނެސް ވޯރކްޝޮޕް" މިއަދުގެ ހެނދުނު ދިހައެއް ޖެހި އިރު ފައްޓަވައިދެއްވީ، އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ.
ޖުމްލަ 43 ބައިވެރިންނާއި އެކު ކުރިޔަށް ގެންދާ މި ވޯރކްޝޮޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ދުވަހުގެ މުއްދަތަކަށެވެ.
މި ވޯރކްޝޮޕްގައި ފުރަތަމަ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ، ސޭފްޓީ ކަލްޗަރ އާއި ބެހޭގޮތުން ނެވެ. އެއަށް ފަހު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކްރައިމް ޕްރެވެންޝަން މައުލޫއަށް އަލިއަޅުވައި މައުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކެމިކަލް އަދި އައި.އެމް.ޑީ.ޖީ އާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ފަހު، މޫސުމާއި ބެހޭ ގައުމީ އިދާރާގެ ފަރާތުން، މޫސުމާ ގުޅިގެން ދިމާވާ ކާރިސާތަކާއި ބެހޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހަމަމިއާއެކުސައިބަރ ސެކިއުރިޓީ އާއި ގުޅިގެން މައުލޫމާތު ދިނުމާއި ޓީމް ބިލްޑިންގ އެކްޓިވިޓީ އާއި އެންސިސްގެ ފީލްޑް ޓްރިޕެއް ވޯކްޝޮޕްގެ ތެރެއިން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ވޯކްޝޮޕްގެ ހުރިހާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
2019 ވަނަ އަހަރުން ފެށިގެން އެމްޕީއެލްއިން ސޭފްޓީ ވީކް ފާހަގަކުރުމުގެ ބޭނުމަކީ މަސައްކަތުގެ މާހައުލުގައި އުޅޭ އިރު ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ އެންމެވެސް ހޭލުންތެރިކޮށް އިސްކަންދޭ ސަގާފަތެއް އާލާކުރުމުވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް