ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަން ފަށާ ގަޑި އަވަސްކޮށްފި އެވެ.
އެމްއޭސީއެލް އިން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށް އެ އެއަރޕޯޓުގެ އޮޕަރޭޝަން ފަތިހު 5 ޖަހާއިރު ފަށާނެ ކަމަށެވެ.މި ގޮތަށް ހެދުމުން ޑޮމެސްޓިކްގެ އިތުރުން އެހެން އެއަރލައިންތަކަށް ވެސް ލުޔެއް ލިބިގެންދާނެ ކަމަށާއި މި ތަޖުރިބާއަށް ވިސްނާ ކުރިޔަށް އޮތްތަނުގައި މިގޮތަށް އޮޕަރޭޝަން ކުރިޔަށް ގެންދިއުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ވެސް ބުނެފައި ވެއެވެ.
މި ބަދަލު ގެނައީ އައު އަހަރާއި ސްކޫލް ޗުއްޓީއާ ދިމާކޮށް ދަތުރުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވެފައިވާތީ ޑޮމެސްޓިކް އެއާލައިންތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތީ ޓޫރިޒަމް ސީޒަންގެ ޕީކްގެ އެންމެ ބާރުބޮޑު ދުވަސްވަރުވުމުން އެއަރޕޯޓުގެ އޮޕަރޭޝަން ފަށާ ގަޑި އެއްގަޑިއިރު އަވަސްކުރުމުން ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ވީއައިއޭގެ އޮޕަރޭޝަން މިހާރުފަށަނީ ހެނދުނު 6:00 ގަ އެވެ. އަދި ރޭގަނޑު 12:00 ން ފެށިގެން އޮޕަރޭޝަންތައް މެދުކަނޑާލަ އެވެ.
އާ އަހަރާ ދިމާކޮށް އަދި ސްކޫލް ޗުއްޓީއާ ދިމާކޮށް ދަތުރުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމުން ޑޮމެސްޓިކް އެއަރލައިންތަކަށް ވަނީ ވަރަށް ބާރުބޮޑުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް