އިންޑިއާގައި ކޯވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ދޭން ފަށަނީ

އަވައްޓެރި އިންޑިއާގައި ކޯވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ދޭން ނިންމައި އެކަން އިއުލާނު ކޮށްފި އެވެ. ވެކްސިން ޖަހަން ފަށާނީ އަންނަ މަހު 10 ވަނަ ދުވަހުން ފެށިގެންނެވެ. ބޮޑުވަޒީރު ނަރެންދްރަ މޯދީ ގައުމާ މުހ...

26 Dec 2021 | 06:08

އަވައްޓެރި އިންޑިއާގައި ކޯވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ދޭން ނިންމައި އެކަން އިއުލާނު ކޮށްފި އެވެ.

ވެކްސިން ޖަހަން ފަށާނީ އަންނަ މަހު 10 ވަނަ ދުވަހުން ފެށިގެންނެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ ގައުމާ މުހާތަބު ކުރައްވާ ވިދާޅުވީ އިންޑިއާއަށް ކޯވިޑްގެ އާ ވޭރިއަންޓު އޮމިކްރޯންގެ ބިރު އޮތުމުން ބޫސްޓާ ޑޯޒު ޖަހަން ނިންމެވީ ކަމަށެވެ. ފުރަތަމަ ވެކްސިން ދޭން ނިންމާފައިވަނީ އުމުރުން 15-18 އަހަރާއި ދެމެދުގެ ކުދިންނާއި ސިއްހީ ހިދުމަތްތެރިންނާއި 60 އަހަރުން މަތީގެ މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޮދާ މީހުންނަށެވެ.

މޯދީ ވިދާޅުވީ ބޫސްޓާ ޑޯޒު ދޭނީ އަމިއްލައަށް ޖަހަން ބޭނުންވާ މީހުންނަށް ކަމަށެވެ. ހާއްސަކޮށް އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުން ވެކްސިން ޖެހުމުގެ ކުރިން ޑޮކްޓަރަކަށް ދައްކައި ލަފާ ހޯދުން މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.

އިންޑިއާގައި ތިން ވަނަ ޑޯޒު ދޭން ނިންމައި އެކަން އިއުލާނު ކޮށްފައި މިވަނީ 12 އަހަރުން މަތީގެ ކުދިންނަށް ކޮވެކްސިން ދިނުމުގެ ހުއްދަ އެ ގައުމުގެ ޑްރަގް ކޮންޓްރޯލާ ގެނެރަލް އޮފް އިންޑިއާއިން ދިން ދުވަހު އެވެ.

އިންޑިއާގައި މިހާތަނަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު 1.4 ބިލިއަން މީހުން ޖަހާފައިވާއިރު 570 މިލިއަން މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. ވެކްސިން ފުރިހަމަ ކޮށްފައިވަނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާބާދީގެ41.3 ޕަސެންޓު މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް