ވިނަގަނޑަށް ހެދިގޮތުން މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި

ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ރަނގަޅަށް ނުހެދެނީސް މިހާރު ކަންކުރިގޮތުން ޑރ. މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ޖުމްހޫރީ މައިދާނުގެ...

26 Dec 2021 | 05:44

ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ރަނގަޅަށް ނުހެދެނީސް މިހާރު ކަންކުރިގޮތުން ޑރ. މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ޖުމްހޫރީ މައިދާނުގެ ‏ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް ތަކުރާރުކޮށް އެދިފައިވަނިކޮށް އެއްވެސް ބެލުމެއްނެތި އެކަންކޮށްފައިވާ ކަމަށެވެ.

ޖުމްހޫރީ މައިދާން ތައްޔާރު ކުރަމުންދަނީ މިރޭ އޮންނަ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ އަށެވެ. އެގޮތުން ޖުމްހޫރީ މައިދާނުގައި ސްޓޭޖް އަަޅާ ގޮނޑިތައް ދަނީ ޖަހަމުންނެވެ.

އެކަމަށް އިޝާރަތް ކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާ ޑރ. މުއިއްޒު މިއަދު  ކުރެއްވި ޓްވީޓްގައި ވިދާޅުވީ ‏ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމުގައެވެ.  އަދި ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް އެކި މީޓިންތަކުގައި ތަކުރާރުކޮށް އެދިފައި ވާނެ ކަމަށެވެ.

https://twitter.com/MMuizzu/status/1474936611347451907

ނަމަވެސް އެފަދައިން ވިދާޅުވެފައި ވަނިކޮށް އެއްވެސް ބެލުމެއްނެތި ކަންކުރި ގޮތުން ހިތާމަކުރާ ކަމަަށް ވިދާޅުވެ އެ ޖުމްހޫރީ މައިދާނުގެ ފޮޓޯ ހިއްސާ ކުރައްވާފައި ވެއެެވެ.

މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން  މިދިޔަ ނޮވެމްބަރު މަހު ވަނީ ޖުމްހޫރީ މައިދާން ފެހި ކޮށް ރީތިކުރުމުގެ މަސައްކަތް ފަށާފައެވެ.

މާލޭ ސިޓީގެ މައިޒާން ތަކާއި ޕާކުތައް ވީރާނާ ވިޔަ ނުދީ ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާ އެކެވެ.

ޖުމްހޫރީ މައިދާނަކީ ވެރި ރަށް މާލޭގެ މަލަމައްޗަށް ވެފައި ރަސްމީ ގިނަ ރަސްމިއްޔާތު ތަކެއް ބާއްވާ ތަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް