ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮއްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ ސިފައިންގެ ތިން މީހުންކަމަށްވާ އއ. ފެރިދޫ، ދޭލިއާގެ، މުހައްމަދު ޖަވާޒާއި ސަރޖަންޓް މޫސާ ޒަމީރާއި އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް (އީއޯޑީ) ޔުނިޓުގައި އިސްކޮށް ހަރަކާތްތެރިވާ ލެފްޓިނެންޓް އަހުމަދު ތިހާމްގެ ބަންދުގެ މުއްދަތު ފަސްވަނަ ފަހަރަށް އިތުރުކޮއްފައިވަނީ މި ޑިސެމްބަރުމަހުގެ 19ވަނަ ދުވަހު ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގައި ކުރިން މަސައްކަތް ކުރި ހަށިފާރަވެރިޔާ މޫސާ ޒަމީރަކީ ބޮން ނުގޮވާ ގޮތަށް ރައްކާތެރިކަމާއެކު އެތަކެތި ނައްތާލުމުގެ ޤާބިލްކަން ލިބިފައިވާ މީހަކެވެ.
ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވުމުގެ ސަބަބުން ރައީސް ޔާމީނުގެ އަނބިކަނބަލުންނާއި އެމަނިކުފާނުގެ ބޮޑީ ގާޑަކަށް ވަނީ ޒަޚަމްތަކެއް ލިބިފައެވެ.
ޙައްޖުގެ އަޅުކަމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ދެކަނބަލުން ރާއްޖެ ވަޑައިގެން، ހުޅުލެއިން މާލެއަށް ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި ބޮންގޮއްވި ހާދިސާގެ ފަހުން އެސްޕީޖީ އިން ރައީސަށް ދެމުންއައި ސެކިއުރިޓީ ދިނުން ހުއްޓާލާ، އެމަނިކުފާނަށް ސެކިއުރިޓީ ދިނުމަށް ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން (ޕީއެސްޑީ)ގެ ނަމުގައި ސެކިއުރިޓީ ފޯރސްއެއްވަނީ އުފައްދާފައެވެ.
އަދި އެ ޑިވިޝަން އުފައްދާފައިވަނީ އެސްޕީޖީގެ އިސްވެރިޔަކަށް ހުންނެވި ކަރނަލް އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) މާލެ އޭރިއާގެ ކޮމާންޑަރަކަށް ބަދަލުކޮށް އެސްޕީޖީގެ ވެރިއަކަށް އައްޔަންކޮށްފައި ވަނީ ކަރނަލް އަބްދުއްރަހީމް ހަމަޖެއްސުމަށް ފަހުއެވެ.
އެ ހާދިސާގެ ފަހުން ޕާޕާ އާއި ނައިބު ރައީސް އަހްމަދު އަދީބުގެ ކުރީގެ ބޮޑީގާޑު ކޯޕްރަލް އަހުމަދު އާމިރާއި ސިފައިންގެ އިތުރުބަޔަކު ބަންޑާރަ ކޯށިގައި ބަންދުކޮށް އެމީހުންގެ ރޭންކުވަނީ ދަށްކޮއްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް