ޕާކިސްތާނާއި އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން 30 މީހުން ޒަހަމްވެއްޖެ

އަވަށްޓެރި ޕާކިސްތާނާއި އަފްޣާނިސްތާނަށް މިއަދު ހެނދުނު އައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން 30 މީހަކު ޒަހަމްވެސް ގެތަކާއި ބައެއް މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގ...

26 Dec 2015 | 04:50

އަވަށްޓެރި ޕާކިސްތާނާއި އަފްޣާނިސްތާނަށް މިއަދު ހެނދުނު އައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން 30 މީހަކު ޒަހަމްވެސް ގެތަކާއި ބައެއް މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިއަދު ހެނދުނު އެ ސަރަހައްދަށް އައި ބިންހެލުމަކީ 6.9 މެގްނެޓިއުޑްގައި އައި ބިންހެލުމެކެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އައީ 6.2 މެގްނެޓިއުޑްގެ ބިންހެލުމެކެވެ.

މި ބިންހެލުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޕާކިސްތާނުގެ ޕެޝާވަރަށެވެ. ޕެޝާވަރުގެ ބައެއް ގެތައް ވެއްޓި މަގުތައް ކަނޑައިގެންގޮސްފައިވާއިރު 59 ސިކުންތައް ދިގުދެމިގެންދިޔަ މި ބިންހެލުމާއި ގުޅިގެން ގިނަ ބަޔަކު ސަލާމަތް ހޯދުމަށް މަގުތަކަށް ނިކުތް ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

މި ބިންހެލުމުގައި ލިބުނު ގެއްލުމުގެ ސާފު ތަފްސީލު ހާމަކުރެވޭނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށް ދެ ގައުމުންވެސް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް