"އަތުކުރި އޮޅާލާ" ކެމްޕެއިންގެ ދަށުން ލޭގެ ގްރޫޕް ބެލުމުގެ ކޭމްޕެއް އެމްއެންޔޫގައި ކުރިއަށްދަނީ

"އަތުކުރި އޮޅާލާ" ކެމްޕޭނުގެ ދަށުން ލޭގެ ގްރޫޕް ބެލުމުގެ ކޭމްޕެއް އެމްއެންޔޫގައި ކުރިއަށްއެބަ ގެންދެއެވެ. އެ ކެމްޕޭނުގެ ފަރާތުން ބުނެފައިވާގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބެޗެލަރ އޮފް އާރ...

26 Nov 2025 | 10:15
މިހާރު ކުރިއަށްދާ ކޭމްޕުގެ ތެރެއިން -

މިހާރު ކުރިއަށްދާ ކޭމްޕުގެ ތެރެއިން -

"އަތުކުރި އޮޅާލާ" ކެމްޕޭނުގެ ދަށުން

ލޭގެ ގްރޫޕް ބެލުމުގެ ކޭމްޕެއް އެމްއެންޔޫގައި ކުރިއަށްއެބަ ގެންދެއެވެ.

އެ ކެމްޕޭނުގެ ފަރާތުން ބުނެފައިވާގޮތުގައި ދިވެހިރާއްޖޭގެ

ޤައުމީ ޔުނިވަރސިޓީގެ ބެޗެލަރ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް

ކޯހުގެ ދަރިވަރުން  އިސްނަގައިގެން ހިންގާ މި

ކެމްޕެއިންގެ މި ކެމްޕުގެ މައިގަނޑު މަޤްޞަދަކީ ލޭގެ ގްރޫޕް އެނގުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި،

ލޭ ހަދިޔާކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމެމާއިއެކު ލޭ އެޕްއަށް މީހުން އިތުރުކުރުމެވެ.

‎މި ކޭމްޕް ކުރިއަށްދާނީ މިއަދު (26 ނޮވެންބަރު 2025) ވަނަ ދުވަހުގެ

13:00 އިން 18:00 އަށެވެ.

‎އެމްއެންޔޫގައި ކުރިއަށްދާ މި ކޭމްޕުގައި، ލޭގެ ގްރޫޕް ބަލާލުމުގެ

ޚިދުމަތުގެ އިތުރުން ލޭ އެއެޕް ޑައުންލޯޑްކޮށްގެން އީޒެޕްއިން ޑިސްކައުން ލިބުމުގެ

ފުރުސަތު ވެސް ފަހިކޮށްދެއެވެ. މި ފުރުޞަތުގެ ބޭނުން ހިފައި، ލޭގެ ގްރޫޕް ނޭނގޭ ފަރާތްތަކުން

އެމްއެންޔޫއަށް ޒިޔާރަތްކޮށް، މި ޚިދުމަތް ހޯދުމަށް ކެމްޕޭންގެ އިންތިޒާމުކުރާ ފަރާތުން

ވަނީ އިލްތިމާސްކޮށްފައެވެ..

ސޯޝަލް  މީޑިއާގައި  މިކެމްޕޭން އެތަށް ބައެއްގެ ސަމާލުކަމަށް އައިސްފަވައި

އިރު  ކެމްޕޭންގެ  ފަރާތުން

ދަނީ  އެކި  ހަރަކާތްތައް

ހިންގަމުނެވެ.

މިއަދު  ބާއްވާ  ލޭގެ  ގްރޫޕް  ބެލުމުގެ

އިވެންޓަކީ  ވެސް  އެގޮތުން

ކުރިއަށް  ގެންދާ  ހަރަކާތެކެވެ.

ކެންޕެއިންގެ ޓީމުން ބުނީ "އަތުކުރި އޮޅާލަމާ"

މި ނަން ދީފައިވަނީ ވަރަށް ޚާއްސަ މަޤްސަދެއްކަމަށާއި މިކަމުން ދޭހަކޮށްދެނީ، ލޭދިނުމަށް

އެންމެ ގުޅިގެން އަތުކުރި އޮޅާލާ، އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމަށްކަމަށެވެ.

މި ކެމްޕެއިންގެ މަޤުޞަދުތަކުގެތެރޭގައި ޤައުމުގައި އޮތް ޞިއްޙީ މިފަދަ ކަމެއްގައި

އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމާއި ލޭ ދިނުމަށް ޞިއްޙަތު ރަނގަޅު ޖީލެއް

ބިނާކުރުމަށް ހޭލުންތެރިކުރުންވެސް ހިމެނެއެވެ.

މި ކެމްޕެއިންގެ ދަށުން، އަމިއްލައަށް އެދިގެން ލޭ ދޭ

މީހުންގެ ނިސްބަތް އިތުރުކުރުމަށް ޚާއްސަ  ހަރަކާތްތަކުގެތެރޭގައި،

ލޭ ހަދިޔާކުރުމުގެ ބޭނުން މުޖުތަމަޢުގައި އޮތް މިންވަރު  އަންގައިދިނުމާއި  މިކަމަށް މީހުން ހޭލުންތެރިކުރުމާއި އަދި ޞިއްޙީ

ގޮތުން މިކަމުގައި ހުރި ފައިދާތަކަށް މުޖުތަމަޢު ހޭލުންތެރިކުރުންވެސް ހިމެނެއެވެ.

މުޖުތަމަޢުގައި ލޭ ދިނުމާއި ގުޅޭގޮތުން އޮތް ވިސްނުން

ބަދަލުކޮށް، އަމިއްލައަށް އެދިގެން މިކަމަށް ވީހާވެސް ގިނަ މީހުން ނިކުތުމަކީ މި ކެމްޕެއިންގެ

ޢަމާޒެވެ

މިދަރިވަރުން

އަތުކުރިއޮޅާލަމާ  ކެމްޕޭން  ކުރިއަށް

ގެންދަނީ  އެހީ  ޖަމިއްޔާ،

ލޭއެޕް،  މޯލްޑިވިއަން  ބްލަޑް

ސަރވިސް  ،  އެމްއެންޔޫ

ސްޓޫޑެންޓް  ޔޫނިޔަން  އަދި  ތެލެސީމިއާ  ސޮސައިޓީ

ފަދަ  އެކި  ފަރާތްތަކާއިގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް