ރައުދު -
ޔުމްނުގެ މައްސަލައިގާ ރައުދަށް 27 ދުވަހުގެ ޖަލު
ހުކުމެއް އިއްވައިފިއެވެ.
ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލަށް 27 ދުވަހުގެ
މި ޖަލު ހުކުމް އިއްވާފައިވަނީ އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒް ފުރާޅުމައްޗަށް
ވެއްޓިފައިއޮތް ހައްވާ ޔުމްނު ރަޝީދަށް އެހީތެރިކަން ފޯރުކޮށް ނުދިން މައްސަލައިގައެވެ.
ރައުދުގެ މައްޗަށް އުފުލީ އެހީއަށް ބޭނުންވެފައިވާ
މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ
ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ރައުދު އެ ކުށަށް އިޢުތިރާފުވުމުން އަދަބު 27
ދުވަހަށް ލުއިކޮށްދިނެވެ. އަދި ތަޙްޤީޤު މަރުހަލާގައި ބަންދުކޮށްފައި ހުރި މުއްދަތު
27 ދުވަހަށްވުރެ އިތުރުވުމުން ދެން އޭނާގެ މައްޗަށް އެ ހުކުމް ތަންފީޒުވީ ކަމަށް ބެލީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް