ފޮނަދޫން މާވަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޒުވާނަކު ހައްޔަރު

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ލ. މާވަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައި ވަނީ ލ.މާވަށް / ލިލީނައިޓް...

26 Nov 2025 | 05:55
ލ.މާވަށް / ލިލީނައިޓް ، މުޙައްމަދު ވިޝާހު ޢަލީ (24އ) -

ލ.މާވަށް / ލިލީނައިޓް ، މުޙައްމަދު ވިޝާހު ޢަލީ (24އ) -

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި

ލ. މާވަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައި ވަނީ ލ.މާވަށް / ލިލީނައިޓް ، މުޙައްމަދު

ވިޝާހު ޢަލީ (24އ) އެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ

ލ.ފޮނަދޫ އިން މާވަށަށް ދާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު

މައުލޫމާތަކާ ގުޅިގެން މާވަށުގައި މަސައްކަތްކުރާ ފުލުހުން މި މަހު 24 ވަނަ ދުވަހު

ހިންގި އޮޕަރޭޝަނުގައި އެ ލޯންޗު މާވަށު ބަނދަރަށް ކައިރި ކުރި ލޯންޗެއްގެ ތެރެއިންނެވެ.

ލޯންޗުގައި އެވަގުތު އިން މުޙައްމަދު ޢަލީ ވިޝާހު ހުއްޓުވައި

ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އަށް ސެލޯފިންކޮޅު

ފެނުނު ކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނަކީ

2.52 ގްރާމުކަމަށް ބުނެފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު

ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް

އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް