މެލޭޝިޔާ އަދި އިންޑޮނޭޝިޔާ އައްސޭރީގައި ތޫފާން "ސެންޔަރް" އުފެދިއްޖެ

ރާއްޖޭގެ ކަނާތް ފަޅިން މެލޭޝިޔާ އަދި އިންޑޮނޭޝިޔާ އައްސޭރީގައި ތޫފާނެއް އުފެދިއްޖެއެވެ. މެލޭޝިޔާގެ މަލައްކާ ކައިރިން އަދި އިންޑޮނޭޝިޔާގެ އައްސޭރިއާވެސް ކައިރީގައި ހުރި ކޮޅިގަނޑެއް މިއަދުގެ ވަގުތެއްގައ...

26 Nov 2025 | 05:46
ތޫފާން ސެންޔަރް އުފެދިފައިވާ ސަރަހައްދު - ޒޫމް އާތު މެޕްސް

ތޫފާން ސެންޔަރް އުފެދިފައިވާ ސަރަހައްދު - ޒޫމް އާތު މެޕްސް

ރާއްޖޭގެ ކަނާތް ފަޅިން މެލޭޝިޔާ އަދި އިންޑޮނޭޝިޔާ

އައްސޭރީގައި ތޫފާނެއް އުފެދިއްޖެއެވެ.

މެލޭޝިޔާގެ މަލައްކާ ކައިރިން އަދި އިންޑޮނޭޝިޔާގެ

އައްސޭރިއާވެސް ކައިރީގައި ހުރި ކޮޅިގަނޑެއް މިއަދުގެ ވަގުތެއްގައި ތޫފާނަކަށް

ބަދަލުވެފައިވާކަމަށް އިންޑިއާގައި ގާއިމުކޮށްފައިވާ ސަރަހައްދީ މޫސުމާއިބެހޭ

އިދާރާއިން ބުނެފައިވެއެވެ.

އެ އިދާރާއިން ބުނެފައިވާގޮތުގައި އެ ތޫފާން އޭގެ

ބާރުމިން ކުރިއަށް އޮތް 24 ގަޑިއިރެއްހާއިރު ދަމަހައްޓާނެއެވެ. އަދި އެއަށްފަހު

ބާރު ދަށްވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

ތޫފާނަށް ދީފައިވާ ނަމަކީ ސެންޔަރް އެވެ. މި ނަމަކީ

މި ސަރަހައްދުގައި އުފެދޭ ތޫފާންތަކަށް ނަން ދިނުމަށް އެކުލަވާލާފައިވާ ނަން ތާވަލަށް

އެކުވެރި އަރަބި އިމާރާތުން ދީފައިވާ ނަމެކެވެ. މިއީ މި ސަރަހައްދުގެ ތޫފާނީ މޫސުމުގެ

ތިންވަނަ ތޫފާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް