އަހަރެމެން ތާއީދުކުރަނީ ހަމައެކަނި އިސްރާއީލްގެ ވެރިންގެ ޕާސްޕޯޓު މަނާ ކުރަން: އެންއެޗްޖީއޭއެމް

އިސްރާއީލްގެ ވެރިންގެ ޕާސްޕޯޓު މަނާ ކުރަން ވަރަށް ތާއީދު ކުރާ ކަމަށާއި އިސްރާއީލްގެ ޕާސްޕޯޓު އޮތް އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ހަދަން ތާއީދު ނުކުރާ ކަމަށް ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެ...

26 Nov 2024 | 06:28

އިސްރާއީލްގެ ވެރިންގެ ޕާސްޕޯޓު މަނާ ކުރަން ވަރަށް ތާއީދު ކުރާ ކަމަށާއި އިސްރާއީލްގެ ޕާސްޕޯޓު އޮތް އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ހަދަން ތާއީދު ނުކުރާ ކަމަށް ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއެޗްއެމް) އިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ވާހަކަ ދައްކަވަމުން އެންއެޗްގޭމްގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވީ މުޅި އިސްރާއީލްގެ މައްޗަށް ޕާސްޕޯޓު މަނާ ކުރަން ތާއީދު ނުުކުރާ ކަމަށެވެ.

ޢާޑީ އެއީ ފަލަސްތީނުގައި ދިރިއުޅޭ މުސްލިމުން ވެސް އިސްރާއީލްގެ ޕާސްޕޯޓު ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ ކަމަށް އަހުމަދު ވަހީދު ވިދާޅުވިއެވެ. އެހެންކަމުން އިސްރާއީލްގެ ސިފައިން ވެސް ހިމެނޭ ގޮތަށް އާންމުންގެ ޕާސްޕޯޓު މަނާކުރަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އިސްރާއީލަކީ ޑުއެލް ޕާސްޕޯޓު ގެންގުޅޭ ގައުމެއްކަމަށާއި އެހެންކަމުން އެއްވެސް ވަރަކަށް އިސްރާއީލުގެ ޕާސްޕޮޓް މަނާކުރަން ތާއީދު ނުކުރާކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލްގެ ވެރިންގެ ޕާސްޕޯޓު މަނާ ކުރަން ވަރަށް ބޮޑަށް ތާއީދު ކުރާކަމަށެވެ.

އެންއެޗްގޭމްގެ ފައިނޭންޝަލް ކޮންޓްރޯލާ ހަސަން އަލި މަނިކު ވިދާޅުވީ އިސްރާއީލްގެ ޕާސްޕޯޓު އޮތް އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ހަދާ ނަމަ، ފަތުރުވެރިކަމުގެ ސިނާއަތަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ.

އަދި އޮންލައިން ޕްލެޓްފޯމްތަކުގެ މައިގަނޑު ހިއްސާ އޮންނަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ ބައެއްގެ އަތުގައިކަންވެސް އޭނާ ފާހަގަކުރިއެވެ. ކަންމިހެން ހުރި އިރުު، މިވަރުގެ ބޮޑު ނިންމުމެއް ނިންމާ ނަމަ، ރާއްޖެ ކަހަލަ ކުޑަ ގައުމެއްގެ އިގްތިސާދަށް ހީނަރު ކަމެއް އަތުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް