ޕީއެންއެފް އުފެއްދުމުގެ ހުއްދައަކަށް އަދި ނޭދެވެނު – މުއައްސިސަކީ ރައީސް ޔާމީންގެ ދަރިކަލުން

ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ޕީޕަލްންސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަށް މިއަދު އަދި އެދެވޭގޮތް ނުވެގޮސްފިއެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދައ...

26 Nov 2023 | 07:56

ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ޕީޕަލްންސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަށް މިއަދު އަދި އެދެވޭގޮތް ނުވެގޮސްފިއެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދެން މިއަދު އިލެކްޝަންސް ކޮމިޝަނަށް އިސް ބޭފުޅުން ވަޑައިގަންނަވާނެކަން، މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޯލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ރޭގައި މީޑިއާއަށް ވިދާޅުވެފައިވެއެވެ.

އެހެން ނަމަވެސް މިއަދު އެބޭފުޅުން އީސީއަށް ވަޑައިގެންނެވުމަށްފަހު ނިކުމެ ވިދާޅުވީ ކުށުގެ ރެކޯޑުގެ ކަންކަން ނުނިމޭތީ މިއަދު އަދި ހުށަހެޅިފައިނުވާކަމަށާއި ރެކޯޑު ސާފުވެއްޖެނަމަ މިއަދުވެސް އަދި އީސީއަށް އެ ވަފުދު އަލުން ވަޑައިގަންނަވާނެ ކަމަށެވެ.

އިތުރު ތަފްސީލު ހާމަކުރައްވަމުން މަލީހް ވިދާޅުވީ ރައީސް ޔާމީން ނިންމެވީ އެމަނިކުފާނުވެސް ހިމެނިވަޑައިގަންނަވާހެން އަށް ބޭފުޅަކު މުއައްސިސުންގެ ގޮތުގައި ހިމަނަން ކަމަށާއި އެހެން ނަމަވެސް އިލެކްޝަންސް އިން ބުނާގޮތުން އެއް ބޭފުޅެއްގެ ނަން ހުށަހަޅަން ޖެހޭތީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިންގެ ނަން ހުށަހަޅަން މިހާރު ނިންމާފައިވާކަމަށެވެ.

މަލީހް އިތުރަށް ވިދާޅުވީ ރައީސް ޔާމީން އާ ޕާޓީއެއް އުފައްދަން ޖެހުނީ ބަޔަކު ޕީޕީއެމް ވަގަށް ނެގުމުން ކަމަށާއި އެކަމުގެ އަޑީގައި ހުންނެވީ އަބްދުއްރަހީމް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް