ފީފާ ވޯލްޑް ކަޕް 2022: އާޖެންޓީނާ – މެކްސިކޯ މެޗު ޕްރިވިޔު

ތާރީޚް: 27 ނޮވެމްބަރ 2022 ގަޑި: 00:00 ސްޓޭޑިއަމް: ލުސެއިލް ސްޓޭޑިއަމް ގްރޫޕް: ސީ ހެޑް-ޓު-ހެޑް ނަތީޖާތައް: ފީފާ ވޯލްޑް ކަޕް، ކޮންފެޑެރޭޝަން ކަޕް އަދި ފީފާ އަރަބް ކަޕް ގައި ވެސް މި ދެ ގައުމުގެ ކުރިމަތިލ...

26 Nov 2022 | 11:58

ތާރީޚް: 27 ނޮވެމްބަރ 2022

ގަޑި: 00:00

ސްޓޭޑިއަމް: ލުސެއިލް ސްޓޭޑިއަމް

ގްރޫޕް: ސީ

ހެޑް-ޓު-ހެޑް ނަތީޖާތައް:

ފީފާ ވޯލްޑް ކަޕް، ކޮންފެޑެރޭޝަން ކަޕް އަދި ފީފާ އަރަބް ކަޕް ގައި ވެސް މި ދެ ގައުމުގެ ކުރިމަތިލުންތައް މިހާތަނަށް ފެނިފައިވާއިރު، ކުޅުނު 5 މެޗު ވެސް ކާމިޔާބު ކުރީ އާޖެންޓީނާއެވެ.

އާޖެންޓީނާއަށް މިރޭގެ މެޗުން މޮޅުވުން މަޖުބޫރެވެ. ފުރަތަމަ މެޗުން ހައިރާން ކުރަނިވި ގޮތަށް ގްރޫޕްގެ އެންމެ ބަލި ޓީމުގެ ގޮތުގައި ބެލެވުނު ސައޫދީ އަރަބިއާ އަތުން ބަލިވުމުން، އާޖެންޓީނާ އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ. މިރޭގެ މެޗުން އާޖެންޓީނާ ބަލިވެއްޖެ ނަމަ، ދެ ވަނަ ބުރަށް ދިއުމުގެ ދޮރު އެ ޓީމަށް ބަންދުވާނެއެވެ.

ސައޫދީ މެޗުގައި އެ ޓީމުން ޕްރެސްކޮށްގެން ކުޅެން ފެށުމުން، އާޖެންޓީނާ ޓީމުގެ މެދުތެރެ ބަލިކަށިވެ، އެޓޭކަރުންނަށް ސަޕްލައި ކޮށްދެވޭ ބޯޅަތައް މަދުވެގެން ދިޔަތަން ވަރަށް ބޮޑަށް ފެނުނެވެ. އެހެންކަމުން، މިރޭގެ މެޗުން މޮޅުވާން ބޭނުންނަމަ، އާޖެންޓީނާ ޓީމުން މެދުތެރޭގައި ކުޅޭ ކުޅުމުގެ ފެންވަރު ރަނގަޅު ކުރަން ޖެހޭނެކަމަށް ބެލެވެއެވެ. އެ ޓީމުން ލިއޮނަލް މެސީއަށް ވަރަށް ބޮޑަށް ބަރޯސާ ވާއިރު، އޭނާއަށް އަނިޔާ ވެފައިވާކަމަށް ބައެއް މީޑިޔާތަކުން ފެތުރި ރިޕޯޓުތައް އެ ޓީމުގެ ކޯޗު ވަނީ ދޮގުކޮށްފައެވެ.

މެކްސިކޯ ޓީމަށް ބަލާއިރު، ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ޑިފެންސް ވަރަށް ރަނގަޅެވެ. އަނެއްކޮޅުން ވޯލްޑް ކަޕްގައި އަބަދު ވެސް ވިދާލާ ގޯލްކީޕަރު އެ މެޗުގައި ވަނީ ޕެނަލްޓީއެއް ސޭވްކޮށްފައެވެ. އެހެނަސް، ކުރިޔަށް ދާން ބޭނުންނަމަ، ޕޮއިންޓަކުން ފުއްދާލެވެން ނެތުމުން މެކްސިކޯއިން އެޓޭކްތައް ރަނގަޅު ކުރުން މިރޭގެ މެޗަށް ކޮންމެހެން ވެސް މުހިންމެވެ.

އާޖެންޓީނާ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

މާޓިނޭޒް، މޮންޓިއޭލް، ރޮމޭރޯ، މާޓިނޭޒް، ޓަގްލިއާފީކޯ، ޑި ޕައުލް، ޕެރެޑޭސް، ފެނާންޑޭޒް، މެސީ، މާޓިނޭޒް، ޑި މާރިއާ

މެކްސިކޯ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

އޮޗޮއާ، ސަންޗޭޒް، މޮންޓޭސް، މޮރޭނޯ، ގަލާޑޯ، ހެރޭރާ، އަލްވަރޭޒް، ގުއަޑާޑޯ، ލޮޒާނޯ، މާޓިން، ވެގާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް