ދިވެހި އަންހެނަކު ފުއްޕާމޭގެ އިންފެކްޝަނެއް އުފެދިގެން ބެލި އިރު ސުޕާރީ ފުއްތަކެއް!

އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކި މީހެއްގެ ފުއްޕާމޭގައި އިންފެކްޝަން އުފެދިފައި ހުރުމުން އިތުރަށް ކުރި ޓެސްޓުތަކުން ސުޕާރީ ހުރި ކަމަށް ދައްކައިފި އެވެ. އައިޖީއެމްއެޗުގެ އެތެރެ ހަށީގެ ބަލިތަކާއި ބެހޭ ...

26 Nov 2022 | 11:27

އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކި މީހެއްގެ ފުއްޕާމޭގައި އިންފެކްޝަން އުފެދިފައި ހުރުމުން އިތުރަށް ކުރި ޓެސްޓުތަކުން ސުޕާރީ ހުރި ކަމަށް ދައްކައިފި އެވެ.

އައިޖީއެމްއެޗުގެ އެތެރެ ހަށީގެ ބަލިތަކާއި ބެހޭ ޑޮކްޓަރު ޑރ މުހައްމަދު އަލީ ވިދާޅުވީ ޒުވާން އަންހެން ކުއްޖެއްގެ ފުއްމާޕޭގައި ފެން ހެދުމުގެ ސަބަބުން އިންފެކްޝަނެއް އުފެދިގެން ބްރޮކޮންސްކޮޕީ ހަދަާފައިވާ ކަމަށެވެ. އެ ޓެސްޓުތަކުން އެމީހާގެ ފުއްޕާމޭގައި ސުޕާރީ ފުށްތަކެއް ތާށިވެފައި ހުއްޓާ ފެނުނު ކަމަށެވެ.

އެ މީހާއާ އިތުރަށް ސުވާލު ކުރުމުން، އެއީ ގިނަ އަދަދަކަށް ސުޕާރީ ކާ މީހެއް ކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

https://twitter.com/drmodismail/status/1596187778735575041

ފުއްޕާމޭގައި ފޯކާއި ސުޕާރީ ތާށިވެގެން ކުރިން ވެސް ނަގާފައިވެ އެވެ.

މީގެ ކުރިން ބުރުގާގައި ޖަހާ ޕިން އާއި ނަރުދަތި ފަދަ ތަކެތިވެސް ނަގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް