ފީފާ ވޯލްޑް ކަޕް 2022: ފްރާންސް - ޑެންމާކް މެޗު ޕްރިވިޔު

ތާރީޚް: 26 ނޮވެމްބަރ 2022 ގަޑި: 21:00 ސްޓޭޑިއަމް: ސްޓޭޑިއަމް 974 ގްރޫޕް: ޑީ ހެޑް-ޓު-ހެޑް ނަތީޖާތައް: ފީފާ ވޯލްޑް ކަޕްގައި މީގެ ކުރިން މި ދެ ޓީމު 3 ފަހަރެއްގެ މަތިން ކުރިމަތިލާފައިވާއިރު، ކޮންމެ ބަޔަކަ...

26 Nov 2022 | 10:25

ތާރީޚް: 26 ނޮވެމްބަރ 2022

ގަޑި: 21:00

ސްޓޭޑިއަމް: ސްޓޭޑިއަމް 974

ގްރޫޕް: ޑީ

ހެޑް-ޓު-ހެޑް ނަތީޖާތައް:

ފީފާ ވޯލްޑް ކަޕްގައި މީގެ ކުރިން މި ދެ ޓީމު 3 ފަހަރެއްގެ މަތިން ކުރިމަތިލާފައިވާއިރު، ކޮންމެ ބަޔަކަށް ލިބުނީ އެއް މޮޅެވެ. އަނެއް މެޗުވީ އެއްވަރެވެ. ޔުއެފާ ނޭޝަންސް ލީގުގައި މި އަހަރު މި ދެ ޓީމު ކުޅުނު 2 މެޗުން ވެސް މޮޅުވީ ޑެންމާކެވެ.

ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަންސް ފްރާންސް މުބާރާތް ފެށީ ވަރުގަދަކޮށެވެ. 4-1 ގެ ނަތީޖާއިން އެ ޓީމު އޮސްޓްރޭލިއާ ބަލިކުރިއިރު، މިރޭގެ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ދެ ވަނަ ބުރު ކަށަވަރުވާނެއެވެ. އަނެއްކޮޅުން ޑެންމާކް ޓިއުނީޝިއާއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވީއެވެ.

މުބާރާތް ފެށުމުގެ ކުރިން ހޯދަމުން ދިޔަ ރަނގަޅު ނަތީޖާތަކާއެކު ގިނަ ފަރާތްތަކުން ޑެންމާކަކީ ސަޕްރައިޒިންގ ޓީމަކަށް ވެދާނެކަމަށް ބެލިއެވެ. އެހެނަސް، ޓިއުނީޝިއާ ކައިރީގައި އެ ޓީމަށް އެންމެ އެކަށީގެންވާ ކުޅުން ދެއްކިފައި ނުވުމުން، މިރޭ ފްރާންސް ކައިރީގައި ހިފަހައްޓާލެވިދާނެތޯ މިހާރު ސުވާލު އުފެދެއެވެ. މިރޭ އެ ޓީމު ރަނގަޅު ނަތީޖާއެއް ނެރޭނަމަ، ކްރިސްޓިއަން އެރިކްސަންގެ ކުޅުމަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭނެއެވެ.

އަނިޔާގެ ގިނަ މައްސަލަތަކާއެކު މުބާރާތާ ކުރިމަތިވި ފްރާންސް ޓީމުން ވަނީ ގޯލު ޖެހުމަކީ މާކަ އުނދަގޫ ކަމެއް ނޫންކަން ދައްކުވައިދީފައެވެ. ބެންޒެމާ އާއި އެންކުންކޫ ނެތަސް އެ ޓީމުގެ ފޯވާޑް ލައިން ވަރަށް ވަރުގަދައެވެ. މިރޭގެ މެޗާ ކުރިމަތިލާނީ ކުރިން ރޭގެ މެޗުގެ ނަތީޖާ ތަކުރާރުކުރުމަށެވެ. އެ ޓީމުން ފެންނާނެ އެންމެ ބޮޑު ބަދަލަކީ ފުރަތަމަ މެޗުގައި އަނިޔާވި ލޫކަސް ހެނާންޑޭޒްގެ ބަދަލުގައި ތިއޯ ހެނާންޑޭޒް ކުޅެން ނުކުތުމެވެ.

ފްރާންސް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ލޮރިސް، ޕަވާޑް، ކޮނާޓޭ، އުޕަމެކާނޯ، ތިއޯ ހެނާންޑޭޒް، ޗުއަމެނީ، ރެބިއޯ، ޑެމްބެލޭ، ގްރީޒްމަން، އެމްބާޕޭ، ޖިރޫ

ޑެންމާކް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ޝްމެއިކަލް، އެންޑާސެން، ސިމަން ކެއާ، އަންދްރޭސް ކްރިސްޓެންސަން، ރެސްމަސް ކްރިސްޓެންސަން، ޑެމްސްގާޑް، ހޮގްބާގް، އެރިކްސަން، މެއިލެ، އޮލްސެން، ޑޮލްބާގް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް