އިންޑިއާގައި ފާތިމާ ނޫރާ ކިޔާ އަންހެނަކާއި އާދިލާ ނަސަރިން ކިޔާ އަންހެނަކު ކައިވެނިކޮށްފި އެވެ.
ކެރެލާ ސްޓޭޓްގެ ކޮޗިންގެ ދެ ޑިސްޓްރިކްޓަކަށް ނިސްބަތްވާ މި ދެ އަންހެނުން ކައިވެނި ކުރިކަމަށްވަނީ މިދިޔަ މަހުު އެވެ. ދެމީހުންގެ ވާހަކަ މަޝްހޫރުވެގެން އުޅެނީ އެއް ޖިންސުންގުޅުން ހިންގާ މި ދެމީހުންނަކީ މުސްލިމުންނަށްވާތީ އެވެ.
ދެމީހުން ވަނީ ކައިވެންޏަށް ފަހު ވަރަށް ޒީނަތްތެރިވެގެން ފޮޓޯވެސް ނަގާފައި އެވެ. އޭގެ ތެރެއިން އާދިލާ މީޑިއާގައި ބުނެފައިވަނާ ގޮތުން ނޫރާ އާއި އިނދެވުމުން އޭނާގެ ހުވަފެންތަން ހަގީގަތަކަށްވެ މިނިވަންކަން ލިބިފައިވާ ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގައި ކައިވެނި ކުރުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެކެވެ. މި ދެ އަންހެނުން ކައިވެނި ކުރި ކަމަށް ބުނެފައިވަނީ ދެ ފަރާތުގެ އާއިލާ އާއި ދެކޮޅަށް އުމުރު ދުވަހަށް ގުޅުން ކަނޑާލުމަށް ފަހު ކަމަށް ބުނެފައިވެ އެވެ.
މި ކައިވެނި ކުރުމަށް ދެމީހުން ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދަން މަޖުބޫރުވި ކަމަށް ބުންނެވެ. އެއީ ދެމީހުންގެ އެ ގުޅުމަށް އާއިލާގެ އިތުރުން އަވައްޓެރިންނާއި ސަރަހައްދުގެ މީހުންވެސް ޖޯކު ޖަހައި މަލާމާތްކޮށް ފުރައްސާރަ ކުރުމުންނެވެ.
މިއީ ދެ މުސްލިމުން އެއްޖިންސުން ކައިވެނި ކުރި ކަމަށް އިންޑިއާގައި ރިޕޯޓު ކުރި ފުރަތަމަ ފަހަރެވެ. އެ ގައުމުގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމުން މިހާތަނަށް ކައިވެނި ކުރި ކަމަށް ރިޕޯޓުކޮށްފައިވަނީ އެހެން ދީންތަކުގެ އެއް ޖިންސުގެ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް