ފީފާ ވޯލްޑް ކަޕް 2022: ޕޮލެންޑް – ސައޫދީ އަރަބިއާ މެޗު ޕްރިވިޔު

ތާރީޚް: 26 ނޮވެމްބަރ 2022 ގަޑި: 18:00 ސްޓޭޑިއަމް: އެޑިޔުކޭޝަން ސިޓީ ސްޓޭޑިއަމް ގްރޫޕް: ސީ ހެޑް-ޓު-ހެޑް ނަތީޖާތައް: މިހާތަނަށް ވޯލްޑް ކަޕްގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިފައެއް ނުވެއެވެ. އެހެނަސް،...

26 Nov 2022 | 09:47

ތާރީޚް: 26 ނޮވެމްބަރ 2022

ގަޑި: 18:00

ސްޓޭޑިއަމް: އެޑިޔުކޭޝަން ސިޓީ ސްޓޭޑިއަމް

ގްރޫޕް: ސީ

ހެޑް-ޓު-ހެޑް ނަތީޖާތައް:

މިހާތަނަށް ވޯލްޑް ކަޕްގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިފައެއް ނުވެއެވެ. އެހެނަސް، މީގެ ކުރިން އެކުވެރިކަމުގެ 4 މެޗު މި ދެ ޓީމު ކުޅެފައިވާއިރު، އެ ހުރިހާ މެޗެއް ވެސް ކާމިޔާބުކުރީ ޕޮލެންޑެވެ.

ފުރަތަމަ މެޗުގައި އެންމެން ހައިރާން ކޮށްލުމަށްފަހު މުބާރާތުގެ ފެވަރިޓުންކަމުގައިވާ އާޖެންޓީނާ 2-1 ގެ ނަތީޖާއިން ބަލިކޮށްލި ސައޫދީގެ އެންމެ ބޮޑު އަމާޒަކަށް ވާނީ މިރޭގެ މެޗު ކާމިޔާބުކޮށް، ބާކީ 1 މެޗު އޮއްވާ ރައުންޑް އޮފް 16 އަށް ދަތުރުކުރުމެވެ. އެ ކާމިޔާބީ ލިބިއްޖެނަމަ، ގްރޫޕްގެ އެންމެ ފުލަށް ދާނެކަމަށް ބެލެވުނު ސައޫދީ އަރަބިޔާ ވާނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ އެންމެ ސަޕްރައިޒިން ޓީމަށެވެ.

ސައޫދީ މިރޭގެ މެޗަށް ނުކުންނައިރު، ފުރަތަމަ މެޗުގައި ގޯލްކީޕަރާ ޖެހި އަނިޔާވި އެ ޓީމުގެ ޑިފެންޑަރަށް ދެން މި މުބާރާތުގައި ނުކުޅެވޭނެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި އޭނާއަށް ދެން ފުޓްބޯޅަ ނުކުޅެވޭނެކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. މިނޫނީ ސައޫދީ ޓީމުގައި އަނިޔާގެ ބޮޑު މައްސަލައެއް ނެތެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ސައޫދީ ޓީމު އެންމެ ބޮޑަށް ސަމާލުވާން ޖެހޭނީ ޕޮލެންޑްގެ އެންމެ އިތުބާރު ފޯވާޑް ރޮބާޑް ލެވަންޑޯސްކީ އާމެދުގައެވެ. ޕޮލެންޑަށް އޮތް ހަމައެކަނި ކަންބޮޑުވުމަކީ ވޯލްޑް ކަޕްގައި ލެވަންޑޯސްކީގެ ގޯލް ރެކޯޑް އެހާ ރަނގަޅު ނުވުމެވެ. ފުރަތަމަ މެޗުގައި މެކްސިކޯއާ ޕޮލެންޑް އެއްވަރުވިއިރު، ޕޮލެންޑަށް ލިބުނު ޕެނަލްޓީ ވެސް ލެވަންޑޯސްކީއަށް ކާމިޔާބު ނުކުރެވުނެވެ. އަނެއްކޮޅުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާއަށް އެންމެ ލަނޑެއް ވެސް ނުޖެހެއެވެ.

ޕޮލެންޑް ލަފާކުރެވޭ ފުރަތަމަ 11:

ޝްޓެންސްނީ، ޒެލޫސްކީ، ކިވިއޯ، ގްލިކް، ބެޑްނަރެކް، ކޭޝް، ޒީމަންސްކީ، ކްރީޗޯވިއަކް، ޒިއެލިންސްކީ، ލެވަންޑޯސްކީ، މިލިކް

ސައޫދީ އަރަބިއާ ލަފާކުރެވޭ ފުރަތަމަ 11:

އަލް-އޮވައިސް، އަލް-ބްރޭކް، އަލް-ބޮލޭހީ، އަލް ޓަމްބަކްޓީ، އަބްދުލްހާމިދް، އަލް މަލްކީ، ކަނޯ، އަލް-އަބެދް، އަލް ދައުސަރީ، އަލް-ޝެހީރީ، އަލް ބްރެއިކާން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް