ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް ފޮނުއްވައިފި އެވެ.
ރައީސްގެ ފަރާތްޕުޅުން އެ ސިޓީ އެމަނިކުފާނަށް އެރުއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެވެ. މިނިސްޓަރު އެ ގައުމަށް ވަޑައިގެން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ރައިސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޔޫއޭއީގެ ސަރުކާރާއި، އެޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފަ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ދެޤައުމުގެ ޒަމަންވީ ގާތް، ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ޚާއްޞަކޮށް އަބޫދާބީ ފަންޑުން ރާއްޖޭގެ އިޖްތިމާއި، އަދި އިޤްތިޞާދީ ތަރައްޤީއަށް ވެދެއްމުން އަންނަ އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް