މެމްބަރު ނަޝީދަށް ހަމަލާދޭން އުޅުނު މީހަކު ހައްޔަރު ކޮށްފި

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. އޭނާއަށް ހަމަލާދޭން މަސައްކަތް ކުރީ މިދިޔަ އަންގާރަ ދުވަހު އާޓިފި...

26 Nov 2022 | 06:47

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އޭނާއަށް ހަމަލާދޭން މަސައްކަތް ކުރީ މިދިޔަ އަންގާރަ ދުވަހު އާޓިފިޝަލް ބީޗު ސަރަހައްދުގައި އެ ވެ،

ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާގައި ވިދާޅުވީ އެ މައްސަލައިގަ ހައްޔަރު ކުރީ18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އިތުރު ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.

އެރޭ ދިން ހަމަލާގައި ނަޝީދަށް އެއްވެސް ގެއްލުމެއް ނުވެ އެވެ. އަނިޔާވީ އޭނާ އާއި އެކު ހުރި އެކުވެރިޔާއަށް ކަމަށްވެ އެވެ.

މި ހާދިސާގައި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް