ބޮލީވުޑްގެ ފިލްމު "ބޭދިޔާ" ރިލީޒް ކުރި ދުވަހު އޮންލައިންކޮށް ލީކުކޮށްލައިފި އެވެ.
ވަރުން ދަވަން ލީޑްރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރީ އިއްޔެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ފިލްމު ރިލީޒް ކުރުމާއި އެކު އިއްޔެ އޮންލައިންކޮށް އަށް ވަރަކަށް ސައިޓުގައި ފިލްމު ލީކު ކޮށްލާފައިވާ ކަމަށެވެ.
އޮންލައިންކޮށް ލީކުވުމާއި ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ލިބުނި ޝޮކެއް ކަމަށްވެ އެވެ. އެކަމަކު ފިލްމުގެ ފުރަތަމަ ދުވަހުގެ އާމްދަނީއަށް ބަލާއިރު އެކަމުން މާބޮޑު އަސަރެއް ނުކުރާކަމަށްވެ އެވެ.
ފިލްމު ރިލީޒް ކުރި ފުރަތަަ ދުވަހު އާމްދަނީގެ ގޮތުގައި "ބޭދިޔާ"އަށް6-7 ކްރޯޑު އިންޑިއަން ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ ފިލްމު ލީކުވުމުން ލިބޭނެ ކަމަށް އުންމީދު ކުރި އާމްދަނީއެއް ނޫނެވެ.
"ބޭދިޔާ" ގެ އިތުރުން މިދިޔަ ހަފްތާގައި ރިލީޒް ކުރި އަޖޭ ދޭވްގަންގެ ފިލްމު "ޑްރިޝްޔަމް2"ވެސް ރިލީޒް ކުރި ދުވަހު އޮންލައިންކޮށް ލީކު ކޮށްލި އެވެ. އެކަމަކު އެ ފިލްމުގެ އާމްދަނީއަށް މާ ބޮޑު އަސަރެއް ނުކުރެ އެވެ.
އެ ފިލްމު ވެގެން ގޮސްފައިވަނީ ފުރަތަމަ ހަފްތާއިން100 ކްރޯޑުގެ އާމްދަނީއެއް ލިބުނު ފިލްމުތަކުގެ ތެރޭގައި އެވެ.
ވަރުންގެ "ބޭދިޔާ" ގައި ފެނިގެންދާ ދަރިންގެ ތެރޭގައި ކްރިތީ ސެނޯން ހިމެނެ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަމަރް ކޯޝިކް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް