މަސްޖިދުއް ނަބަވީ ގޯތިތެރޭގައި ކުއްޖަކު އުފަންވެއްޖެ

ސައުދީ އަރަބިއްޔާގެ މަދީނާގައި ހުންނަ މާތްވެގެންވާ އަލް މަސްޖިދުއް ނަބަވީ ގޯތި ތެރޭގައި ކުއްޖަކު އުފަން ވެއްޖެ އެވެ. ސައުދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ވިހަން ގާތްވެފައިވާ އެ އަންހެން މީހާ ...

26 Nov 2022 | 05:11

ސައުދީ އަރަބިއްޔާގެ މަދީނާގައި ހުންނަ މާތްވެގެންވާ އަލް މަސްޖިދުއް ނަބަވީ ގޯތި ތެރޭގައި ކުއްޖަކު އުފަން ވެއްޖެ އެވެ.

ސައުދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ވިހަން ގާތްވެފައިވާ އެ އަންހެން މީހާ ބަނޑުގައި ރިއްސަން ފެށީ ނަމާދަށް ހުއްޓައެވެ. މި ހާދިސާ ހިނގި އިއްޔެރޭގެ ވަގުތެއްގައި އެވެ.

އެމީހުން ހޮސްޕިޓަލަށް ގެންދިއުމުގެ ކަންކަމާއި ހަވާލުވެގެން އުޅުނީ ސައުދީ ރެޑްކްރެސެންޓުގެ ޓީމަކުންނެވެ. އެ ޓީމުގެ ފަރާތުން ބުނީ އެމްބިއުލާންސާއި އެކު މިސްކިތަށް އަންހެން މީހާ ބަލާ ދިޔަ އިރު ހޮސްޕިިޓަލަށް ގެންދެވޭނެ ވަގުތު ނެތް ކަމަށެވެ.

އެމީހުންނަށް ދެވުނު އިރުވެސް ފެން ދުލި ފަޅައިގެން ގޮސް، ކުއްޖާގެ ބޯ ނުކުމެފައިވާ ކަމަށެވެ. އެހެންވެ ވަގުތު ބޭކާރު ނުކޮށް މަސައްކަތް ކުރީ މިސްކިތު ގޯތިތެރޭގައި ބާއްވައިގެން ވިއްސަން ކަމަށެވެ.

ވިހެއުމުން އެ ޓީމުން ވަނީ މަދީނާގެ ބަބް ޖިބްރީލް ހެލްތް ސެންޓަރަށް އަންހެން މީހާ އާއި ދަރިފުޅު އިތުރު ފަރުވާއަށް ގެންގޮސްފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދެމައިންގެ ހާލުވެސް ރަނގަޅެވެ.

މިފަދަ ހާދިސާއެއް މި ފަހުން ދިމާވެފައިވާ ކަމަކަށް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް