ފުނަދޫ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް އެރަށަށް ދަނީ

25 Oct 2026 | 19:38
ޢަލިފާނުގެ ހާދިސާއަށް ފަހު --

ޢަލިފާނުގެ ހާދިސާއަށް ފަހު --

ށ. ފުނަދޫގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބު ދެނެގަތުމަށް ކުރިޔަށް ގެންދާ ތަހުގީގަށް އެހީތެރިވުމަށް ފުލުހުންގެ ހާއްސަ ޓީމެއް މިއަދު އެރަށަށް ދާނެ ކަމަށް ފުލުހުން ބުނެފި ޢެވެ.

މިއަދު ހެނދުނު 8:15 ހާއިރު އެ ރަށު ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާނގޑު ނިއްވާލެވުނީ މެންދުރު 12:00 ހާއިރު އެވެ. މިޙާދިސާގައި ޢެކި އަނިޔާވެގެނ 18 މީހަކަށް ފަރުވާ ދިނެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި ޙާދިސާ ހިނގި ސަބަބު ދެނެގަތުމަށާއި ސީން ޕްރޮސެސްކޮށް ތަހުގީގަށް ޢެހީތެރިވުމަށް ފުލުހުންގެ މޭޖާ ކްރައިމް ޢިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް މިއަދު އެ ރަށަށް ދާނެ ކަމަށެވެ.

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް އަލިފާން ފެތުރި އެތަންތަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.

މި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. އަދި އަނެއް 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުންނެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓި (އެންޑީއެމްއޭ) އިން ބުނީ ހާދިސާގައި ބޭނުން ނުކުރެވޭވަރަށް ހަލާކުވި ޢެެއް ގޭގެ މީހުންނަށް ވަގުތީ ބޯކިޔާވަހިކަމާއި 5 ދުވަހުގެ ކެއުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް