އުއްތަރްޕްރަދޭޝްގެ ސިދާތްނަގަރު --
އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ސިދާތްނަގަރުގައި ކުރިޔަށް ގެންދިޔަ ހިންދޫ ދީނީ އަޅުކަމެއްގެ އަޑު ގަދަވެ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ބަލައި ދިނުމަށް އާއިލާއިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެ ތުއްތު ކުއްޖާއަކީ މުސްލިމް އައިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އެ ކުއްޖާގެ ބައްޕަ ޖާވީދު މަނިހާރު އެ ސަރަހައްދުގެ ފުލުހުންނަށް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ އޭނާގެ ތުއްތު ދަރިފުޅު މަރުވީ ކަންފަތް ބީރުވާވަރަށް މަގުމަތީގައި އަޑުގަދަ ކުރަމުން ހިންގި ދީނީ އަޅުކަމެއްގެ ތެރެއިން އަދި ބާރު އަޑަކާއި އެކު ކުއްޖާ ސިއްސައިގެން ގޮސް ލިބުނު ޝޮކަކުން ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އޭނާގެ ޝަކުވާގައި ބުނީ ހިންދޫންގެ އަޅުކަން އެނޫނަސް އެގޭ މަގުމަތީގައި އަދާކުރާ އަޑު އިވި ފެނިފައިވާ ކަމަށެވެ. ނަމަވެސް މިހާރު ހިންދޫ ދީނުގައި ފާހަގަ ކުރަމުންދާ ދުރުގާ ޕޫޖާ ފާހަގަ ކުރުމަށް ލަވަޖެހީ ބޮޑެތި ޑީޖޭ ސިސްޓަމްތަކުން ކަމަށާއި ލަވައިގެ އަޑުވެސް އާދަޔާ ހިލާފަށް ބާރު ކަމަށެވެ.
އެ އަޑު ގަދަކަމުން ގެ ގުޑިކަމަށާއި ގޭގެ ބޭރަށް ވާގޮތަށް ފުރާޅުން ނެރެފައި އިންނަ ބައިވެސް ގެ ގުޑުމުގެ ސަބަބުން ހަލާކުވެގެން ވެއްޓުނު ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން ކުއްޖާ މަރުވި ސަބަބު ދެނެގަތުމަށް ފުލުހުންވަނީ ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައި އެވެ. ބާރު ލަވައިގެ އަޑާއި ކުއްޖާ މަރުވުމާ ހުރި ސީދާ ގުޅުމެއް އޮތްކަން ކަށަވަރުވާނީ ފޮރެންސިކް ރިޕޯޓް ލިބުމުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހާދިސާގެ ކުރިންވެސް ކުއްޖާ އުޅުނީ ބަލިވެ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. އެހެންވެ ކުއްޖާ މަރުވުމަށް ދިމާވެފައިވާ ހުރިހާ ކަމެއް ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް