ސައިފް ގެއަށް ވަތް ވަގު ޑިމާންޑު ކުރީ އެއް ކްރޯޑު ރުޕީސްއަށް!

25 Oct 2026 | 11:45
ސައިފާއި ކަރީނާ --

ސައިފާއި ކަރީނާ --

ބޮލީވުޑްގެ ތަރިންކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ގެއަށް ވައްކަން ކުރަން ވަތް މީހާ ޑިމާންޑު ކުރީ އެއް ކްރޯޑު ރުޕީސްއަށް ކަމަށް އެމީހުންގެ މަސައްކަތު މުވައްޒަފަކު ބުނެފި އެވެ.

އެމީހުން އެގެއަށް ވައްކަން ކުރަން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަޢި އެވެ. އެ މައްސަލައިގަ ކޯޓުގައި ހެކި ބަސް ދިން މީހުންގެ ތެރޭގައި އެމީހުންގެ ހަގު ދަރިފުޅު ޖެހަންގިރް އަލީ ހާން (ޖޭހް)ގެ ނަރުހެއް ހިމެނެ އެވެ.

އޭނާ ކޯޓުގައި ބުނީ އެރޭ 2:00 ހާއިރު ހޭލެވުނީ އަޑެއް އިވިގެން ކަމަށާއި އޭރު ޖޭހްގެ ކޮޓަރީގެ ފާހާނާ ބޮކި ދިއްލާފައި ހުރިި ކަމަށެވެ. އެއީ ކަރީނާ ކަމަށް ހީކޮށް އަނެއްކާވެސް ނިދީ ކަމަށާއި ފަހުން އަނެއްކާވެސް ބާރު އަޑަކާއި އެކު ހޭލެވު އިރު ޖޭހްގެ އެނދާ ދިމާލަށް ބޮޑު ކިޔަންޏެއް ދާތަން ފެނުމުން އެދިމާލަށް ދުވެފައި ގޮސް އެ ކުއްޖާ ނެގި ކަމަށެވެ،

އޭނާ ބުނީ އެވަގުތު ދުނިކީހަކުން ބިރުދައްކައި މަޑުން އިނުމަށް އޭނާއަށް އެމީހާ އެންގި ކަމަށެވެ. އެއަޑާއި އެކު ނަރުހުގެ އިތުރުން ޖޭހްގެ މެއިޑަށްވެސް ހޭލެވުނުކަން ފާހަގަކޮށް ނަރުސް ކޯޓުގައި ބުނީ ކަރީނާ އާއި ސައިފްއަށް ހާދިސާގެ ހަބަރު ފޯރު ކޮށްދިނުމުގެ ގޮތުން އެލާމް އެޅީ މެއިޑް ކަމަށެވެ.

ނަރުސް ބުނީ ސައިފް ކޮޓަރިއަށް އައިސް ކޮންކަމެއްތޯ ބޭނުންވަނީ ވަގު ކައިރީ އެހުމުން ބޭނުންވަނީ އެއް ކްރޯޑް ރުޕީސް ކަމަށް ބުނި ކަމަށެވެ. އެވަގުތު ކުއްލިގޮތަކަށް ސައިފް އެމީހާ އާއި ކުރިމަތިލައި އެމީހާ ބިންމައްޗަށް ވައްޓާލައި ހާލަތުގެ ކޮންޓްރޯލް ނެގި ކަމަށާއި އެ ވަގުތު އެމީހާ ދިން ހަމަލާގައި ސައިފަށް ސީރިއަސް ޒަހަމްތަކެއް ލިބުނުތަން ފެނުނު ކަމަށް ބުނެފައިވެ އެވެ.

ސައިފަށް އަނިޔާ ލިބުނު ވަގުތުގެ ފައިދާ ނަގައި ވަގުކަލޭގެ ފިލައިގެން ދިޔައީ ކަމަށް ނަރުސް ބުނެފައިވެ އެވެ.

މި ހާދިސާ ހިނގިތާ ތިން ދުވަސް ފަހުން ސައިފަށް ހަމަލާ ދީ އެގެއަށް ވަގަށް ވަތް ކަމުގެ ތުހުމަތުގައި މުމްބާއީ ފުލުހުން ހައްޔަރު ކުރީ މުހައްމަދު ޝަރީފުލް ޝަރީފުލް ކިޔާ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް