އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުން މަރުވި ސިފައިންގެ އަދަދު ހަތަރަކަށް

އިސްރާއީލުން ރޭ ދަންވަރު އީރާނަށް ދިން ވައިގެ ހަމަލާތަކުގައި އީރާނުން މަރުވި ސިފައިންގެ އަދަދު ހަތަރަކަށް އަރާފައިވާކަމުގައި އީރާނުން ބުނެފިއެވެ. އެގޮތުން އީރާނުގެ ސަރުކާރު ޓީވީ، އައިއާރްއެންއޭ ނިއުސް...

26 Oct 2024 | 18:08

އިސްރާއީލުން ރޭ ދަންވަރު އީރާނަށް ދިން ވައިގެ ހަމަލާތަކުގައި އީރާނުން މަރުވި ސިފައިންގެ އަދަދު ހަތަރަކަށް އަރާފައިވާކަމުގައި އީރާނުން ބުނެފިއެވެ.

އެގޮތުން އީރާނުގެ ސަރުކާރު ޓީވީ، އައިއާރްއެންއޭ ނިއުސް އޭޖެންސީން ބުނެފައިވަނީ ގެއްލުނީ އީރާނުގެ މިލިޓަރީ އެއާ ޑިފެންސަށް ނިސްބަތްވާ ސިފައިންގެ ހަތަރު މީހެއްގެ ފުރާނަ ކަމަށެވެ.

އިސްރާއީލުން ރޭގައި ދެ ބުރެއްގެ މަތިން އީރާނަށް ހަމަލާތައް ދިނެވެ. އެ ހަމަލާތައް އީސްރާއީލުން އަމާޒުކުރަމުން ގެންދިޔައީ އީރާނުގެ ބޯޑަރ ރާޑަރ އިންސްޓަލޭޝަންސް ތަކަށް އަމާޒުކޮށް ކަމަށް އީރާނުން ބުނެފައިވެއެވެ. އަދި އެ ހަމަލާތައް ދިނުމުގައި އިސްރާއީލުން އިރާގުގެ ވައިގެ ސަރަހައްދު ބޭނުންކުރުމަކީވެސް އިންތިހާ ކަންބޮޑުވުމެއް ކަމުގައިވެސް އީރާނުން ބުނެފައިވެއެވެ.

ސީދާ ރައްދު ހަމަލާތަކެއް ދޭނެކަމެއް އީރާނުން ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް އިސްރާއީލުން ހަމަ އެ ބުނާ ބީދައިން ގައުމާއި ގައުމުގެ ރައްޔިތުން ހިމާޔަތް ކުރުމުގެ ހައްގު އީރާނަށްވެސް އޮންނާނެކަމަށް އީރާނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް