ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ތިން މީހެއްގެ މައްޗަށް 28 އަހަރުގެ ޖަލު ހުކުމް

ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 2018 ވަނަ އަހަރު ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް 28 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި ޖަލު ހުކުމް އިއްވާފަ...

26 Oct 2024 | 14:06

ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 2018 ވަނަ އަހަރު ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް 28 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި ޖަލު ހުކުމް އިއްވާފައިވަނި އިންޑިއާގެ ސޫތުކުޅިއަށް ނިސްބަތްވާ، އުމުރުން 45 އަހަރުގެ ރޮޒާރީ ރޮނާލްޑޯ ނަމަކަށް ކިޔާ މީހަކާއި އަދި ކެރެލާގެ ތަންކަމަންޏަށް ނިސްބަތްވާ އމުރުން 50 އަހަރުގެ ބިނޯއީ ތޯމަސް ނަމަކަށް ކިޔާ މީހެއްގެ އިތުރުން އެ ސަރަހައްދަށް ނިސްބަތްވާ، އުމުރުން 74 އަހަރުގެ، ޓީ އެން ގޯޕީ ނަމަކަށް ކިޔާ މީހެކެވެ.

އެ ތިން މީހުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 6.36 ކިލޯގްރާމް ބަރުދަންހުރި ހަޝިޝް އޮއިލް ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް