އިސްރާއީލުގެ ހަމަލާތަކުގައި އަހަރެމެންގެ ފައުޖުތަކުން ދެ ފުރާނަ ގެއްލުނު: އީރާނު

އިސްރާއީލުން ރޭގައި އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ދެމީހެއްގެ ފުރާނަ ގެއްލުނު ކަމަށް އީރާނުން ބުނެފިއެވެ. އީރާނުން މިހެން ބުނެފައިވަނީ އެ ގައުމުގެ އަސްކަރިއްޔާއިން ނެރުނު ނޫސްބަޔ...

26 Oct 2024 | 10:57

އިސްރާއީލުން ރޭގައި އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ދެމީހެއްގެ ފުރާނަ ގެއްލުނު ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން މިހެން ބުނެފައިވަނީ އެ ގައުމުގެ އަސްކަރިއްޔާއިން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި އެ ހަމަލާތަކާއި ގުޅޭގޮތުން އިތުރަށް ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތައް ކާމިޔާބުކަމާއެކު ނާކާމިޔާބުކޮށްލެވުނު ކަމަށެވެ.

އިސްރާއީލުން އީރާނަށް ހަމަލާދިނީ އީރާނު ގަޑިން ރޭ މެންދަމު 02:30 ހާއިރުގައެވެ. އެއީ ރާއްޖޭ ގަޑިން ބަލާނަމަ ގާތްގަނޑަކަށް، ފަތިހު 05:00 ހާއިރެވެ.

އީސްރާއީލުން ބުނެފައިވަނީ އެ ހަމަލާތައް އަމާޒުކުރީ އީރާނުގެ މިސައިލް ފެސިލިޓީތަކަށް ކަމަށެވެ. އަދި އެ ހަމަލާތަކަކީ މި މަހުގެ އެއްވަނަ ދުވަހު އީރާނުން ދިން ހަމަލާތަކުގެ ރައްދު ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް