ސަނީ ލިއޯނީ ރާއްޖެ އަތުވެއްޖެ – މަރުޙަބާ ކިޔަން ނުފޫޒަރު ފިޓް ފާޒިލް އާއި ޝާނާ ދިޔަ

ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ލިއޯން އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް މިއަދު ރާއްޖެ އައިސްފިއެވެ. މިއީ ސަނީ ލިއޯން ރާއްޖެ އައި ހަތަރުވަނަ ފަހަރެވެ. ސަނީ ލިއޯން އާއި އޭނާގެ އާއިލާއަށް ވެލާނާ އިނ...

26 Oct 2024 | 10:13

ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ލިއޯން އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް މިއަދު ރާއްޖެ އައިސްފިއެވެ.

މިއީ ސަނީ ލިއޯން ރާއްޖެ އައި ހަތަރުވަނަ ފަހަރެވެ.

ސަނީ ލިއޯން އާއި އޭނާގެ އާއިލާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މަރުޙަބާ ކިޔާޔާފައިވަނީ ރާއްޖޭގެ މަޝްހޫރު ނުފޫޒަރުން ކަމަށްވާ ފާޒިލް އިސްމާއީލް (ފިޓް ފާޒިލް) އާއި އާމިނަތު ޝާނާ ސައީދެވެ. އަދި އެއަރޕޯޓުން ސަނީ ލިއޯން އާއި އޭނާގެ އާއިލާއަށް މަޝްހޫރު ލޯކަލް ބްރޭންޑް ޓޮޑީގެ ގިފްޓް ޕެކޭޖެއް ވެސް އެ ނުފޫޒަރުންގެ ފަރާތުން ވަނީ ހަދިޔާ ކޮށްފައެވެ.

ސަނީ ލިއޯން ރާއްޖެ އައިސްފައިވަނީ އޭނާގެ ތިން ދަރިންނާއި ފިރިމީހާއާ އެކުގައެވެ. މި ދަތުރު ހަމަޖައްސާފައިވަނީ އިންޑިއާގެ މަޝްހޫރު އޭޒްޔޫޕްލޭން ޓްރެވަލް އޭޖެންސީ އިންނެވެ.

ސަނީ ލިއޯން އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ނޯއީ މޯލްޑިވްސް ކުނާވެށި ރިސޯޓުގައެވެ. މި ދަތުރުގައި އެ އާއިލާ ކިހާ ދުވަހެއް ރާއްޖޭގައި ހޭދަކުރާނެކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަނީ ލިއޯން އަކީ ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމުން، މި ދަތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ޕްރޮމޯޝަނެއް އިންޑިއާގެ މާކެޓުގައި ލިބިގެންދާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވެއެވެ. އަދި މިފަދަ މަޝްހޫރު ތަރިން ރާއްޖެ އައުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ލިބޭ ފުރުޞަތެއް ކަމުގައި އެ ދާއިރާގެ ފަރާތްތަކުން ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް