މައްސަލައެއް ދިމާނުވާ ނަމަ މި ހަފްތާ ތެރޭގައި ފްލެޓް ލިސްޓު އާއްމު ކުރާނަން: ހައިދަރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓް ލިބޭ މީހުންގެ ލިސްޓު މި ހަފްތާ ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް މިނިސްޓަރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ފުލެޓް ލިސްޓު އ...

26 Oct 2024 | 10:02

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓް ލިބޭ މީހުންގެ ލިސްޓު މި ހަފްތާ ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް މިނިސްޓަރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ފުލެޓް ލިސްޓު އާއްމުކުރުމާއި ގުޅޭ ގޮތުން މީޑިއާ އަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކުރީ ސަރުކާރުން އާއްމުކުރި ފްލެޓް ލިސްޓުގައި ހައްގުނޫން އެތައް ބަޔަކަށް ފްލެޓް ދީފައިވާކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ ލިސްޓަށް ފްލެޓް ދޫކުރުން ހުއްޓުވާފައެވެ. އޭގެފަހުން މުރާޖާކުރުމަށް ފަހު އާއްމު ކުރި ލިސްޓަށް ފްލެޓު ދޫކުރުން ވަނީ ދިގުލާ ދެމިފައެވެ.

މިކަމާއި ގުޅިގެން ނިމިދިޔަ ޖުލައި މަހު މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި ވާހަކަދައްކަމުން މިނިސްޓަރ ވިދާޅުވީ މިހާރު އިމާރާތް ކުރަން ފަށާފައިވާ32 ޓަވަރުގެ ތެރެއިން ހަ ޓަވަރުގެ މަސައްކަތް މި އޮކްޓޫބަރު މަހަށް ނިމޭނެ ކަމަށެވެ. އަދި އެހާތަނަށް ފައިނަލް ލިސްޓު އާއްމުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފްލެޓް ދިނުން ލަސްވާތީ ގިނަ ބަޔަކު މިހާރު ވެސް ދަނީ ސޯސަލް މީޑިއާގެ އިތުރުން މަގުމަތީގައިވެސް އެކަމާއި ގުޅިގެން އަޑުއުފުލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް