ރޭގެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް އެމަޖެންސީގައި ފަރުވާދެނީ

ދެ ލޯންޗެއް ޖެހި ރޭގަ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ފުލުހުން ބުނީ، ...

26 Oct 2024 | 07:22

ދެ ލޯންޗެއް ޖެހި ރޭގަ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ ރޭ7:34 އެހާކަންހާއިރު ކަމަށެވެ.

ރޭ ގުޅީފަޅު ކައިރިން ދެ ލޯންޗު ޖެހިގެން ވިހި މީހަކަށް ފަރުވާ ދީފައިވާ ކަމަށް ބައެއް ނޫސްތަކުން އައިޖީއެމްއެޗާއި ހަވާލާ ދީ ބުނެފައިވާ އިރު، ދެ މީހަކަށް އެމަޖެންސީގައި ފަރުވާ ދެމުން ދާ ކަމަށް ބުނެފައިވެއެވެ.

އަދި މި ހާދިސާގައި18 މީހަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުުނެފައިވެެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް