ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގުރުއަތުނެގުން އަންގާރަ ދުވަހު ބާއްވަނީ

ގުޅީފަޅުުން ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ޕްލޮޓް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު އޮންނާނެ ކަމަށް ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރއްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއ...

26 Oct 2024 | 06:23

ގުޅީފަޅުުން ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ޕްލޮޓް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު އޮންނާނެ ކަމަށް ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރއްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ލިބޭ ޕޮއިންޓު ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ އަންގާރަ ދުވަހުގެ ހެނދުނު9:00 އިން ފެށިގެން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ. އަދި މި ގުރުއަތު ނެގުން ކުރިއަށް ގެންދާނީ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިންނެވެ. އަދި ގުރުއަތުލުން ދައުލަތުގެ މީޑިއާއިން ލައިވް ކުރާނެއެވެ.

ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނީ، ގުރުއަތުލުން ކުރިއަށް ދާނީ އެ ވުޒާރާއިން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުން ކަމަށެވެ.

ގުރުއަތުނެގުން ކުރިއަށް ދާއިރު، އެ މާލަމަށް ވަދެވޭނެއެވެ. އަދި ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމާއި، އައި.ޑީ.ކާޑްގެ ކޮޕީއެއް ގެންދަން ވާނެ ކަމަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީއާއި، ބިން ލިބޭ ފަރާތްތަކާއެކުވާ އެއްވަސްވުންތަކާއި ގުޅޭ މައުލޫމާތު ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ފަހުން ހިއްސާ ކުރާނެ ވާހަކަ ވެސް އެ ވުޒާރާއިން ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް