ބޯންމެރޯއަށް ފޮނުވި ކުދިންގެ ތެރެއިން ތިން ކުއްޖަކު ފަރުވާ ފުރިހަމަކޮށްފި

މިއަހަރު ބޯން މެރޯއަށް ފޮނުވި ކުދިންގެ ތެރެއިން ތިން ކުއްޖަކު ފަރުވާ ފުރިހަމަ ކޮށްފައިވާ ކަމނަށް މޯލްޑިވްސް ބްލަޑް ސަރވިސަސްއިން ބުނެފިިއެވެ. ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުނ...

26 Oct 2024 | 05:39

މިއަހަރު ބޯން މެރޯއަށް ފޮނުވި ކުދިންގެ ތެރެއިން ތިން ކުއްޖަކު ފަރުވާ ފުރިހަމަ ކޮށްފައިވާ ކަމނަށް މޯލްޑިވްސް ބްލަޑް ސަރވިސަސްއިން ބުނެފިިއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަން ބްލަޑް ސާރވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓު އިން ޕީޑިއަޓްރިކް ޑރ.އަހުމަދު އުމަރު ވިދާޅުވީ، ޒަކާތު ފަންޑުގެ އެހީގައި މިއަހަރު ކަނޑައަޅާފައިވާ ހުރިހާ ކުދިން ފަރުވާއަށް ގޮސްފިކަމަށެވެ.

އެގޮތުން މިއަހަރު ތެރޭ، ޖުމްލަ14 ކުދިން ވަނީ ފަރުވާއަށް ފޮނުވާފައި ކަމަށް ޑރ އުމަރު ފާހަގަކުރެއްވިއެވެ.

އަދި އެ ފަރުވާ ފުރިހަމަ ކޮށް މުޅިން ތެލްސީމިއާއިން ފަސޭހަވެ ދެ ކުއްޖަކު މިހާރު ރާއްޖެ އައިސްފައިވާ ކަމަށް ވެސް ޑރ އުމަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އިތުރު ކުއްޖަކުވެސް ފަރުވާ ފުރިހަމަ ކޮށް ރާއްޖެ އަންނާނެ ކަމަށް ޑރ އުމަރު ވިދާޅުވިއެވެ.

ބޯން މެރޯއަށް މިއަހަރު ފޮނުވި ކުދިންގެ ތެރެއިން އެއްކުއްޖަކު ވަނީ ނިޔާވެފައިވާކަމަށާއި، ދެން ފޮނުވި ދިހަ ކުދިން މިހާރު ބޯން މެރޯ އޮޕްރޭޝަނަށް ފަހު އިތުރު ފަރުވާ ފުރިހަމަ ކުރަމުންދާ ކަމަށާއި އަދި ތިން މަހެއްހާ ދުވަސް އެކުދިން ފަރުވާއަށް ރާއްޖެއިން ބޭރުގައި ހޭދަކުރާނެ ކަމަށް ޑރ އުމަރު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ތެލްސީމިއާ ދަފްތަރުގައި959 މީހުން ރެޖިސްޓާކޮށްފައިވާއިރު، މިވަގުތު ދުނިޔޭގައި ތިބީ666 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް