ޕަންކަޖް ތްރިޕާތީއޭ ބުނުމުން އަދި އެއީ ކާކުކަން ނޭނގުނަސް މި އާޓިކަލްގެ މެއިން ފޮޓޯއިން އެ ފެންނަ ފިރިހެން މޫނު ގިނަ ބަޔަކު ދަންނާނެއެވެ. ޕަންކަޖް ތްރިޕާތީއަކީ އެއީއެވެ.
ކޮންމެއަކަސް މިފަހަރު ދައްކަން މިއުޅެނީ އޭނަގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ ޕަންކަޖް ތްރިޕާތީގެ އަންހެނުން މްރިދުލާ ތްރިޕާތީގެ ވާހަކައެވެ.
ޕަންކަޖްގެ އަންހެނުން މްރިދުލާ މިވަނީ ޕަންކަޖާއި އޭނާގެ ހަޔާތާއިބެހޭގޮތުން ވަރަށް މަޖާ އަދި އެހާމެ ތަފާތު ވާހަކައެއް ބުނެފައެވެ.
މަޝްހޫރު ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި މުރްދިލާ ބުނެފައިވަނީ ފިލްމީ ދާއިރާގައި ޕަންކަޖް ވިދަން ފެށުމުގެ ކުރިއަށް ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓީ މްރުދިލާ ކަމަށެވެ. އެއީ ދަރިވަރުންނަށް ކިޔަވައިދީގެން ކަމަށާއި ނަމަވެސް ޕަންކަޖަށް މަޝްހޫރުކަންލިބި ފިލްމީ ދާއިރާގައި ބިޒީވާން ފެށިހިސާބުން ދަރިންގެ ކަންކަމަށް ހުސްވެ ގޭގައި ހުންނައިރު އާންމު އެހެން ދެމަފިރިއެކޭ އެއްފަދައިން އެ ދެމެފިރިންގެ ދެމެދުގައިވެސް ކޯޅުން އަންނަ ކަމަށެވެ. އެހެންނަމަވެސް ކޯޅުން އަންނަނީ ހަމަ އެންމެ ކަމެއްގައިކަން މްރުދިލާ ފާހަގަކޮށްފައިވެއެވެ.
އޭނާ ބުނެފައިވަނީ ޕަންކަޖަކީ ތިމާވެއްޓަށް އިންތިހާއަށް ލޯބިކުރާ މީހެއްކަމުން ގެއަށް އެއްވެސް ހާލެއްގައި ޕްލާސްޓިކް ކޮންޓެއިނަރު ވެއްދުން މަނާކަމަށެވެ. ހަޔާތުގެ ކޮންމެ ދުވަހަކުހެން އެވާހަކަ ދައްކައިގެން އެ ހުއްދަ ނުލިބުނުކަމަށް އޭނާ ބުނެފައިވެއެވެ.
ޕަންކަޖްގެ ފިލްމީ ކެރިއަރަށް ބަލައިލާއިރު އޭނާ 2004 އިން 2015 އަށް އަދާކުރަމުންދިޔައީ އާދައިގެ ކުދި ކުދި ރޯލްތަކެވެ. އެހެންނަމަވެސް 2017ގައި ނިކުތް ފިލްމު "ގުރްގާއޮނ" އިން ފެށި ވަރުގަދަ ފިލްމީ ކެރިއަރުން ފެށިގެން ޕަންކަޖް އަންނަނީ ހުއްޓުމެއްނެތި ފިޔަޖަހަމުންނެވެ. ސޯޝަލް މީޑިއާގައި ދައުރުކުރާ ވަރަށް ގިނަ މީމްސްތަކުގައިވެސް ޕަންކަޖްގެ މޫނަކީ ވަރަށް ހިނގާ މޫނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް