ރާއްޖޭ ގަޑިން ފަތިހު ފަހެއްޖަހާއެހައިކަންހާއިރު އިސްރާއީލުން ވަނީ އީރާނަށް ވައިގެ މަގުން ހަމަލާތަކެއް ދީފައެވެ.
އިސްރާއީލުން ބުނަނީ އެ ހަމަލާތަކަކީ އެ ގައުމަށް ލިބިފައިވާ ދިފާއުވުމުގެ ހައްގުގެ ދަށުން ދިން ހަމަލާތަކެއް ކަމަށެވެ. އަދި އެ ހަމަލާތައް އަމާޒުކޮށްފައިވާނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ކަމުގައިވެސް އީސްރާއީލުން ބުނެއެވެ.
ނަމަވެސް އެއިން އެއްވެސް ހަމަލާއަކުން އީރާނުގެ އަސްކަރީ މަރުކަޒަކަށް ގެއްލުންވެފައިނުވާކަމަށް އީރާނުން ބުނެއެވެ.
އީރާނުން ރަސްމީ ސިފައެއްގައި އަދި މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައިނުވިނަމަވެސް އީރާނުގެ ތަސްނީމް ޓީވީން އަންނަނީ ބައެއް މައުލޫމާތު ގެނެސްދެމުންނެވެ. އެގޮތުން އެންމެ ފަހުން ހާމަކުރި ބައެއް މައުލޫމާތުތަކަށް ބަލާއިރު އީރާނުގެ ވެރިރަށް ތެހެރާނުން އެ އިވޭ އަޑުތަކަކީ އިސްރާއީލުން ފޮނުވަމުން އަންނަ ހަމަލާތައް ދިފާއު ކުރާ އަޑުތައް ކަމަށް ބުނެފައިވެއެވެ.
Footage shows #Iranian air defense actively intercepting hostile targets over #Tehran. pic.twitter.com/TCNeUbT20m
— Al Mayadeen English (@MayadeenEnglish) October 26, 2024
މީގެ އިތުރު އެންމެ ފަހުގެ އެހެން ބައެއް އަދާހަމަތަކަށް ބަލާލާއިރު އިސްރާއީލުން ހަމަލާތައް ދޭން ފެށުމާއެކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއެލް ހަގާރީ މިހާރު ތިބީ އަސްކަރީ ބަންކަރުގައިކަމަށް ބުނާ ބުނުމާއި އީރާނާއި އިސްރާއީލާއި އަދި އިރާގުގެ ވައިގެ ސަރަހައްދު ތިން ގައުމުންވެސް ބަންދުކުރި ހަބަރު ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް