އިސްރާއީލުން އީރާނަށް ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.
ހަމަލާތަކެއް ދެމުން އަންނަކަން އިސްރާއީލުން ރަސްމީކޮށް ބުނެފައިވާއިރު، ބުނެފައިވަނީ ހަމަލާތައް ދެމުންއަންނަނީ އަމާޒު ހިފޭ ވަކި ސަރަހައްދުތަކަކަށް ކަމަށެވެ. ރައްދު ހަމަލާއަކަށް އިސްރާއީލު ފުރިހަމައަށް ތައްޔާރު ކަމަށާއި އީރާނަށް ހަމަލާ ދެނީ ދިފާއުގައި ކަމަށެވެ.
"އެހެން ގައުމުތަކެކޭ އެއްފަދައިން ދިފާއުގައި ހަމަލާދިނުމަށް އަހަރެމެންނަށްވެސް ލިބިގެންވާ ހައްގެއް" އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނެފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނެފައިވާގޮތުގައި ހަމަލާތަކެއް އަމާޒުވެފައިވަނީ އީރާނުގެ ވެރިރަށް ތެހެރާނުގެ ކަރާޖް ސިޓީއަށެވެ.
އީރާނުން މި ހަމަލާތަކާއި ގުޅޭގޮތުން އަދި ރަސްމީބަހެއް ބުނެފައެއް ނުވެއެވެ.
ހަމަލާތައް ދޭންފެށީ މީގެ ގަޑިއިރެއްހާއިރު ކުރިން ކަމުން ދެމުން އަންނަ ހަމަލާގެ ބޮޑުމިނާއި ބޭނުންކުރާ އާލާތްތަކާއި ހަމަލާ އަމާޒުވި ތަންތަނުގެ މާ ގިނަ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް