އިންޑިއާއިން ފަލަސްތީނަށް 38 ޓަނުގެ އިންސާނީ އެހީގެ މުދާ ފޮނުވި :އިންޑިއާ

އިޒްރޭލާއި ހަމާސް ހަނގުރާމައިގެ ތެރޭގައި އިންޑިއާއިން ފަލަސްތީނަށް 38 ޓަނުގެ އިންސާނީ އެހީގެ މުދާ ފޮނުވިއްޖެކަމަށް އިންޑިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް (ޑީޕީ...

26 Oct 2023 | 17:27

އިޒްރޭލާއި ހަމާސް ހަނގުރާމައިގެ ތެރޭގައި އިންޑިއާއިން ފަލަސްތީނަށް 38 ޓަނުގެ އިންސާނީ އެހީގެ މުދާ ފޮނުވިއްޖެކަމަށް އިންޑިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް (ޑީޕީއާރު) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އިންޑިއާއިން ޣައްޒާއަށް 38 ޓަނުގެ ކާބޯތަކެއްޗާއި ކްރިޓިކަލް މެޑިކަލް އިކުއިޕްމަންޓް މިހާތަނަށް ފޮނުވިއްޖެ ކަމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި އިންޑިއާ ތަމްސީލު ކުރައްވަމުން ސަފީރު އާރް ރަވިންދުރަ ވިދާޅުވީ ފަލަސްތީނުގެ މައްސަލަ ހިމެނޭ ގޮތަށް މެދުއިރުމަތީގެ ހާލަތާ ގުޅޭ ގޮތުން އިންޑިއާ އިން 38 ޓަނުގެ ބޭހާއި އިކުއިޕްމަންޓް ފަދަ އިންސާނީ ސާމާނުފަލަސްތީނުގެ ރައްޔިތުންނަށް ފޮނުވާފައިވާ ކަމަށެވެ. އަދި ސުލްހައަށް ބޭނުންވާ ޙާލަތްތައް ޤާއިމުކުރުމަށާއި، ސީދާ މަޝްވަރާތައް އަލުން ފެށުމަށް މަސައްކަތްކުރުމަށް ވެސް ޕާޓީތަކަށް އިލްތިމާސްކުރާކަމަށެވެ.

އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ސަލާމަތީ ހާލަތު ގޯސްވެ އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އިންޑިއާ އިން ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯދީ ވަނީ މި ހަމަލާގައި ބައިވެރިވި ފަރާތްތައް ޒިންމާވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ކޮންމެ ޕާޓީއަކުންވެސް އާންމުން، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިން ހިމާޔަތް ކުރަން ޖެހެ އެވެ. "އިންސާނީ ކާރިސާއަށް ހައްލެއް ހޯދަން އެބަޖެހޭ. އަދި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހަމަނުޖެހުން ތައް ނައްތާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

އދއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ޕާމަނަންޓް އެންވޯއީ ވިދާޅުވީ މި ގޮންޖެހުންބޮޑު ދަނޑިވަޅުގައި ވެސް ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޮނުވުމުގައި އިންޑިއާއިން ދެމިއޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިޒްރޭލާއި ފަލަސްތީނާ ދެމެދު އިތުބާރު ކުރެވޭ، ސީދާ މަޝްވަރާތައް ވަގުތުން ފަށަން ޖެހޭ ކަން އަނެއްކާވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް