ހަތް ހާސް ޝަހީދުންގެ ވަނަވަރު ޣައްޒާއިން އާންމު ކުރަނީ

އިޒްރޭލުން ޢައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވެފައިވާ ހަތް ހާހެއްހާ މީހުންގެ ވަނަވަރު އާންމުކުރަން ނިންމާފައިވާކަމުގައި ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ...

26 Oct 2023 | 17:23

އިޒްރޭލުން ޢައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވެފައިވާ ހަތް ހާހެއްހާ މީހުންގެ ވަނަވަރު އާންމުކުރަން ނިންމާފައިވާކަމުގައި ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށް ބުނެފައިވަނީ އެ އެންމެންގެ ވަނަވަރު ހާމަކުރަން ނިންމި އެއް ސަބަބަކީ އިޒްރޭލުން ހިންގަމުން އަންނަ ގަތުލުއާއްމުގެ ހާލަތު ދުނިޔެއަށް ހިއްސާކުރުން ކަމަށެވެ.

"މިއިން ކޮންމެ ނަމެއްގެ ފަހަތުގައި ހާދިސާއެއް ވާކަން މުޅި ދުނިޔެ ދަންނަންޖެހޭ" ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން މިއަދު މިކަން މިގޮތަށް ކުރަން ނިންމާފައިވާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޣައްޒާއިން ގެއްލުނު ފުރާނައިގެ އަދަދާއިމެދު ސުވާލު އުފައްދާފައެވެ. އޭނާ ބުނެފައިވަނީ އެ އަދަދަށް ޣައްޒާއިން ފުރާނަ ގެއްލިފައިވާކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް