އަރަބި ގައުމުތަކުން ގުޅިގެން އިޒްރޭލާއި ދެކޮޅަށް ބަޔާނެއް ނެރެފި

އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް އަރަބި ގައުމުތަކުން ގުޅިގެން ބަޔާނެއް ނެރެފިއެވެ. ބަހްރޭނު، މިސްރު، އުރުދުން، ކުވޭތު، މޮރޮކޯ، އޮމާން، ގަތަރު، ސައޫދީ އަރަބިއްޔާ އަދި އެކުވެރ...

26 Oct 2023 | 14:39

އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް އަރަބި ގައުމުތަކުން ގުޅިގެން ބަޔާނެއް ނެރެފިއެވެ.

ބަހްރޭނު، މިސްރު، އުރުދުން، ކުވޭތު، މޮރޮކޯ، އޮމާން، ގަތަރު، ސައޫދީ އަރަބިއްޔާ އަދި އެކުވެރި އަރަބި އިމާރާތް ހިމެނޭހެން ނެރުނު ބަޔާނުގައި ޣައްޒާގެ ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް ބުނެފައިވަނީ އިޒްރޭލުން އެ ކުރަމުން އަންނަނީ ހަމަލާތަކުން ދިފާއުވުމުގެ މަސައްކަތެއް ނޫން ކަމަށާއި އެއީ ގަދަކަމުން ޣައްޒާގެ ރައްޔިތުން ވިއްސި ވިހާލުކޮށްލަން ދެމުން އަންނަ ހަމަލާތަކެއް ކަމަށެވެ.

ދިފާއުވުމުގެ ހައްގު އިޒްރޭލަށް އޮތް ނަމަވެސް ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖެހުމުގެ ހައްގު އިޒްރޭލަށްވެސް ނޯންނާނެ ކަމަށެވެ.

އަރަބި ގައުމުތަކުން މިފަދަ ބަޔާނެއް ނެރެފައިވާއިރު މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން އަންނަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ވައިގެ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް ހަތް ހާސް މުސްލިމުން ޝަހީދުކޮށްލާފައިވާއިރު ޣައްޒާއަށް އެހެނިހެން ދަތިކުރުމުގެ ފިޔަވަޅުތައްވެސް އިޒްރޭލުން އަންނަނީ އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް