އެހީގެ އިތުރު ގާފިލާއެއް ޣައްޒާއަށް – މިފަހަރުވެސް ތެލެއް ނުލިބޭ

އިންސާނީ އެހީގެ 12 ލޮރީގެ އެހީ ގާފިލާއެއް މިއަދުވެސް މިސްރުގެ ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަދެއްޖެއެވެ. ރެޑް ކްރެސެންޓުގެ ފަލަސްތީނު ގޮފިން ބުނެފައިވާގޮތުގައި މިއަދު ލިބުނު 12 ލޮރީގައި ހިމެނެނީ ...

26 Oct 2023 | 10:24

އިންސާނީ އެހީގެ 12 ލޮރީގެ އެހީ ގާފިލާއެއް މިއަދުވެސް މިސްރުގެ ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަދެއްޖެއެވެ.

ރެޑް ކްރެސެންޓުގެ ފަލަސްތީނު ގޮފިން ބުނެފައިވާގޮތުގައި މިއަދު ލިބުނު 12 ލޮރީގައި ހިމެނެނީ ކާނާއާއި ބޭހާއި ސިއްހީ އާލާތެވެ.

މި ގާފިލާއާއެކު، މިހާތަނަށް ލިބުނު އެހީގެ ލޮރީގެ އަދަދު މިވަނީ 74 އަށް އަރާފައެވެ.

މިހާތަނަށް 74 ލޮރީގެ އެހީ ލިބިފައިވީނަމަވެސް ތެޔޮ އެއްވެސް ވަރަކަށް ޣައްޒާއަށް ލިބިފައެއް ނުވެއެވެ. އިޒްރޭލުން ބުނެފައިވަނީ ޣައްޒާއަށް ތެޔޮ އެތެރެ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ސަބަބަކީ ހަމާސް އިން އެ ތެޔޮ ބޭނުންކުރާނެތީ ކަމަށެވެ.

ތެލަށް އަދިވެސް ފުރުސަތު ނުދޭން އިޒްރޭލުން ނިންމާއިރު ޣައްޒާއަށް މިވަގުތު އެންމެ ބޭނުންވަނީ ތެލެވެ. ތެޔޮ ނެތި ހޮސްޕިޓަލުތައް ނުހިންގޭނެ ކަމަށާއި އެހީ ބެހުމާއި ފެން ލިބުންވެސް ގުޅިފައިވަނީ ތެލާކަން އިންސާނީ އެހީދޭ ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް