ފޯރިގަދަ ލައިންއަޕަކާއެކު ދިރާގުން ޑީ.އެމް.އާރް.އާރް ބާއްވަނީ

ފޯރިގަދަ ލައިންއަޕަކާއެކު ޑީ.އެމް.އާރް.އާރް 2023 އާފްޓަރޕާޓީ މާދަމާ ބާއްވާނެ ކަމަށް އިއުލާންކޮށްފިއެވެ. ދިރާގުން ބުނާ ގޮތުގައި އާފްޓަރޕާޓީ އޮންނާނީ މާދަމާ ރޭ 20:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ....

26 Oct 2023 | 10:15

ފޯރިގަދަ ލައިންއަޕަކާއެކު ޑީ.އެމް.އާރް.އާރް 2023 އާފްޓަރޕާޓީ މާދަމާ ބާއްވާނެ ކަމަށް އިއުލާންކޮށްފިއެވެ.

ދިރާގުން ބުނާ ގޮތުގައި އާފްޓަރޕާޓީ އޮންނާނީ މާދަމާ ރޭ 20:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ރޭސް ނިންމާލުމަށްފަހު މި ބާއްވާ ސެލެބްރޭޝަނަކީ ހުނަރުވެރި ދިވެހި މިއުޒިކް ފަންނާނުންގެ ލައިންއަޕަކާއެކު ކުރިއަށްދާ ކުލަގަދަ އިވެންޓަކަށްވާނެ ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން ޝޯވގައި ކުޅޭނީ:

• ޝައްމު އާއި އެކުވެރީން ކޮޅެއް

• ސްކައިރޮކް

• 2 ސެންސް

• 1438 ބޮޑުބެރު ގްރޫޕް

ޑީ.އެމް.އާރް.އާރް އާފްޓަރޕާޓީއަކީ ހަމައެކަނި މިއުޒިކް ފެސްޓިވަލެއް ނޫން ކަމަށާއި ދިވެހި ހޯމްބޭސްޑް ވިޔަފާރިތަކުގެ ރަހަމީރު އުފެއްދުންތަށް ފުޑް ސްޓްރީޓުން ލިބެންހުންނާނެ ކަމަށް ދިރާގުން ފާހަގަކުރެެއެވެ.

މި އާފްޓަރޕާޓީ އިވެންޓަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓުގެ ގްރޭންޑް ފިނާލޭވެސް މެއެވެ.

4000 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މާދަމާ މި ފެށޭ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 14 ވަނަ އެޑިޝަން ވެގެންދާނީ މި ދުވުމުގައި ފުރަތަމަ ފަހަރަށް ހާފް މެރެތަން ޖަހާ ފަހަރަށެވެ.

ހާފަ މެރަތަންގެ އިތުރުން 10K އަދި 5K ރަންވެސް އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް