މި މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ފަހުން ފުރަތަމަ ފަހަރަށް ޣައްޒާގެ އެތެރޭގައި އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން ޓައިމްސް އޮފް އިޒްރޭލުން ފައުޖުތަކުގެ ޓްވިޓާ އެކައުންޓަކުން ބުނެފައިވަނީ އިޒްރޭލުގެ ޑިފެންސް ފޯސް އިން ރޭގައި ޣައްޒާގެ އުތުރުގެ ސަރަހައްދެއްގައި ޓޭންކުގައި ފައުޖެއްވަދެ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަކަމަށާއި އަދި އެ އޮޕަރޭޝަނުގައި ޓެރަރިސްޓް ބައެއް ތަންތަނަށް ހަމަލާވެސް ދީފައިވާކަމަށެވެ.
މިހާރު އެ ފައުޖު އަނބުރާ އިޒްރޭލަށް ވަދެފައިވާކަމަށްވެސް ބުނެފައިވެއެވެ.
އިޒްރޭލުން މިހެން ބުނި ނަމަވެސް މިކަމާއި ގުޅޭގޮތުން އަދި ހަމާސް އިން އެއްޗެއް ބުނެފައެއް ނުވެއެވެ.
އިޒްރޭލު ފައުޖެއް ސީދާ ޣައްޒާގައި އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ރަސްމީކޮށް ވަދެގަތުމުގެ ކުރިން ކުރި ޓެސްޓެއްގެ ގޮތުގައި ބެލެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް