ކުވޭތުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފި

އެމެރިކާއިން ކުވޭތުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ކުވޭތަށް ނިސްބަތްވާ ހަނގުރާމަކުރާ ގްރޫޕަކުން އިންޒާރު ދީފިއެވެ. ކުވޭތުގެ އެމެރިކާ އެމްބަސީނ...

26 Oct 2023 | 00:27

އެމެރިކާއިން ކުވޭތުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ކުވޭތަށް ނިސްބަތްވާ ހަނގުރާމަކުރާ ގްރޫޕަކުން އިންޒާރު ދީފިއެވެ.

ކުވޭތުގެ އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިންޒާރު ލިބިފައިވަނީ ކުވޭތުގެ އަލްވިޔާތު އަލް-ވާޑް އަލް-ހައްޤު ގްރޫޕްގެ ފަރާތުން ކަމަށެވެ. އެހެންކަމުން އެ އިންޒާރާއެކު އެމެރިކާގެ އަސްކަރީ މަރުކަޒުގެ ހަރަކާތްތައް މަދުކުރަން ނިންމާފައިވާކަމަށާއި އަދި ކުވެއިތުގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވެތިބުމަށް އަންގާފައިވާނެކަމުގައި ކުވޭތުގެ އެމެރިކާ އެމްބަސީން ބުނެފައިވެއެވެ.

އެމެރިކާގެ ތިންކް ޓޭންކެއް ކަމުގައިވާ ދަ ވޮޝިންޓަން އިންސްޓިޓިއުޓުން ބުނާގޮތުގައި އިންޒާރުދިން ގްރޫޕަކީ އިރާނާއި ގުޅުންބޮޑު އިރާނުން މަދަދުވެރިވާ ގްރޫޕެކެވެ.

ކުވޭތުގެ ގްރޫޕަކުން މިފަދަ އިންޒާރެއް ދީފައިވާއިރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސޫރިޔާ އަދި އިރާޤުގައި އެމެރިކާއިން ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ ހަމަލާތައް އަމާޒުވެފައިވެއެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މެދުއިރުމަތިން މި ހަމަލާތައް އަމާޒުވަމުން އަންނަނީ އިޒްރޭލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލްއާއްމަށް އެމެރިކާއިން ފާޅުގައި ވާގިވެރިވެ ހިތްވަރުދެމުން އަންނާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް