ކުނަހަންދޫ ސްކޫލްގެ މަސައްކަތްތަކެއް 10 މިލިއަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފި

ލ. ކުނަހަންދޫ ސްކޫލްގެ ހަތަރު ކްލާސް ރޫމާއި ލައިބްރަރީ އަދި ލެބޯރަޓަރީ އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައޔެ ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް...

26 Oct 2022 | 11:45

ލ. ކުނަހަންދޫ ސްކޫލްގެ ހަތަރު ކްލާސް ރޫމާއި ލައިބްރަރީ އަދި ލެބޯރަޓަރީ އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައޔެ ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާއި އެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ. ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޢަލީ ޢިޔާންއެވެ

މިއީ2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. އެ ކުންފުންޏައި މި މަސައްކަތް ހަވާލުކޮށްފައިވަނީ 10.5 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް